ރައްޔިތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާފައިވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ 22 ބޭފުޅުންގެ ތެރެއިން ފަސް ވަޒީރަކަށް ރުހުން ނުދިނުމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި މަޝްވަރާ ކުރަމުންދާކަން "ރަސް އޮންލައިން" އަށް ކަށަވަރު ވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރަކު "ރަސް އޮންލައިން" އާއި ވާހަކަދައްކަވަމުން ވިދާޅުވީ ރައީސް ޑރ. މުއިއްޒު ރުހުން ހޯދަން ފޮނުއްވި 22 ވަޒީރުންގެ ތެރެއިން ރުހުން ނުދޭން މަޝްވަރާ ކުރަމުން ގެންދާ ފަސް ބޭފުޅުންނަކީ އެބޭފުޅުންގެ ފަރާތުން ތަފާތު މައްސަލަތައް ފާހަގަ ކުރެވިފައިވާ ފަސް ބޭފުޅުން ކަމަށެވެ. އޭނާވަނީ އޭގެތެރެއިން ބައެއް ބޭފުޅުންނަށް ރުހުން ނުދޭން ނިންމި ބައެއް މައްސަލަތައް ވެސް ފާހަގަ ކުރަށްވާފައެވެ. ނަމަވެސް ބައެއް ޒާތީ ސަބަބުތައް ހުރުމުން އެކަން އަދި ތިލަ ނުކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ރުހުން ނުދޭން މަޝްވަރާކުރަމުންދާ ފަސް ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅުންގެ ނަން، ނޫހާ އެމައުލޫމާތު ހިއްސާ ކުރެއްވި މެންބަރު ވަނީ ހާމަކުރަށްވާފައެވެ.

އެގޮތުން ރުހުން ނުދޭ ބޭފުޅުންގެ ތެރޭގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ކަމުގެ މަގާމަށް އައްޔަނު ކުރެއްވި ޢަލީ އިޙްސާނާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، ކަމުގެ މަގާމަށް އައްޔަނު ކުރެއްވި މުޙައްމަދު ސަޢީދާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ކަމުގެ މަގާމަށް އައްޔަނު ކުރެއްވި ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި އަދި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް، ކަމުގެ މަގާމަށް އައްޔަނު ކުރެއްވި ޑޮކްޓަރ ޢަލީ ހައިދަރު އަޙްމަދު ހިމެނޭކަން މައުލޫމާތު ދެއްވި މެންބަރު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ވަޒީރުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޢައްޔަންކޮށްފައިވާ 22 ބޭފުޅުންގެ ނަން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މަޖިލީހަށް ފޮނުއްވީ މިއަދު ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


13

ފާތުން

26-Nov-2023

ނައިފަރު ޕީއެޗްޑީ އޮތަސް އޭނާގެ އިންޓަވިއުގެ ސަބަބުން ސަރުކާރުގެ މޫނުމަތި ހަޑިކޮށްލައިފި


7

ފާތުން

26-Nov-2023

ޓޫރިޒަމް މިނިސްޓަރަށް ރުހުން ނުދޭން ނިންމި ނަމަ ގަބޫލުކުރާން ތަންކޮޅެއް ފަސޭހަ ވީސް. އެއީ އެ ދާއިރާގެ ޢިލްމެއް ތަޖުރިބާއެއް ނެތުމާއެކު ކޮރަޕްޝަންގެ މައްސަލައެއް ވެސް ފެންމަތިވެފައިވާ މީހެއް. އަދި އެ ބޭފުޅާގެ ސާބިތު މައްސަލައެއް ވެސް މެލޭޝިއާގައި އެބަ އޮތް.


1

ރަށުކަލޭގެ

24-Nov-2023

ޓޫރިޒަމް މިނިސްޓަރު ތި ލިސްޓިގަ ނެތީ ކީއްވެ؟


8

ހައިދަރު

24-Nov-2023

ހައިދަރުއަށް ރުހުން ދެއްވާ


7

އުތުރުމީހާ!

23-Nov-2023

މިހާރު މިއޮތް ސަރުކާރުގެ ވަޒީރުންނަށް މަޖިލިހުން ރުހުން ނުދީފިނަމަ ދެން ސަރުކާރުންވެސ އެޅޭނެ ފިޔަވަޅުތައް ހުންނާނެދޯ? އެއީ ރައްޔިތުން ހޮވާފަ އެތަނަށްލީބައެއް ހިތަށް އެރިހާގޮތަކަށް އުޅޭނަމޭ ނުހިތާތި އެކަމެއް ނުވާނެ.


-5

ނުރަބޯ

23-Nov-2023

މިއީ ޒާތީވެގެން އައުރައީސް ޑރ މުޢިއްޒު އަށް ޖެއްސުން ކުރުން. ރީނދޫ ކޮރަޕްޓް ލާދީނީ ބައިގަނޑުގެ ފުރަތަމަ އެޓޭކް އައު ސަރުކާރަށް މި އައީ……!!!


2

ހުވާދޫމީހާ

21-Nov-2023

ހަށިގަނޑަށް އަރާމް މަސާޖު ކުރަން އެންމެ މޮޅުމީހަކީ މުނާފިގު ސަހީމް.އޭނާއަށް އެންމެ ރަނގަޅުވާނި އިސްރާއީލުގެ ޔަހޫދީ މިނިސްޓަރަކަށް ބެހެއްޓުން. މިރާއްޖޭގަ އިސްލާމްސީނުގެ މިނިސްޓަރަކަށ ކުފޫ ހަމަނުވޭ. މިއީ ސިޔާސީވެގެން ދައްކާވާހަކަ އެއްނޫން. ދިމާލަށްކުރިމަތިގަ އެފެންނަނީ އިރޭބުންޏަސްއަހަންނެއްގަބޫލެއްނުކުރާނަން. ނުވިތާކަށް މާމޮޅުވެގެން ކުރިއަށްއޮތްތާނގަ މާމޮޅުވެގެންދީނުގެވާހަކަ ދައްކަންޏާމް ދެން ވާނި ގޯސް..އޭނަނޫން މީހަކު އިސްލާމކް މިނިސްޓަރަކަށް އިޚްތިޔާރުކުރުން މުއިއްޒުއަށް ބުއްދިވެރި. އޭނަ އަށްވުރެން ސަލަފު ޖަމްއިއްޔާގަ މާ މޮޅެތި މާޤާބިލްމީހުންއެބަތިބި.


4

ާަިެއިފަ

21-Nov-2023

ޑިމޮކްރަސީ ދަސްކުރާކަށް ނު ޖެހޭނެ އުޅެންބޭނުންނަމަ މަޑުން ހުންނާނީ ނޫންނަމަ ލޮޓިއެއް ލިބިދާނެ


-1

ސޯބެ

21-Nov-2023

މަޖިލީހުގައި ޖެއްސުން ކުރަމުންދާ މެންބަރުގެ މުސާރަ ހިފެހެއްޓުމަށް، ރައީސް ޑރ. މުޢިއްޒުއަށް ގޮވާލަން. މަޖިލީހުގައި ރައްޔިތުންގެ ފައިސާ ކައިގެން، ރައްޔިތުން ހޮވީމަ ތިބެންޖެހޭނީ ހަރާމްކޯރުވާކަށް ނޫން. ތިމާމެންނަށް ކަންކަން ނުވަންޏާ އިސްތިއުފާދީފަ ގެއަށްދޭބަލަ.


-3

ހަސަންބެ

21-Nov-2023

ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ ކެބިނެޓަކީ، ރައީސްގެ ފިކުރާ ދެކޮޅު މީހުން ހިތްހަމަ ޖެހޭ މީހުން ކަމުގައި ކޮންމެހެން ވާކަށް ނުޖެހޭނެ. ހިތްހަމަ ޖެހުނަސް، ނުޖެހުނަސް ރުހުން ދޭންޖެހޭނީ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ސަރުކާރު ހިންގަން ޖެއްސުން ކުރަމުން ދާނަމަ، ސަރުކާރަށް ވެސް އެ މެންބަރުންނާމެދު ފިޔަވަޅު އެޅެންޖެހޭނެ. އެގޮތަށް ޖެއްސުން ކުރާނަމަ، ޖެއްސުންކުރާ މީހުންގެ މުސާރަ ވެސް ހިފެހެއްޓެން ވާނެ. ދަގަނޑު ކެނޑޭނީ ދަގަނޑުން.


0

މިމީހާ

21-Nov-2023

ބަލަ ރުހުން ހޯދަން އޮންނަނީވެސް ކޮންމެވެސް ބޭނުމަކުދޯ ޑިމަކުރަސީ ދަސްކޮށްބަލަ ވެރިއަކު ހޮވުމަކީ އަޅާހާބަތަކަށް ރިހަވުމެއް ނޫން


2

ސަކަރާ

21-Nov-2023

ކުރިން ދެފަހަރު ވެސް ކޮންކަމެއް ކުރެވުނު މީހެއް ސަހީމަކީ


-6

ހުވާދޫމީހާ

21-Nov-2023

އިއްލާ މާތުރަ ވައިއްލާ ހުށިޔާރު, ޝަހީމަކީ ޖާހިލެއް, މިނަފިގެއް, ސިކުންގެ މިހެއް,ހިލޭ އަންހެނުން ނާއިއެކު އުޅުމަށާއި, ރަސޫލާ އަށް ހަޖޫނުޖަހާނެ މި ދީނުގެ ދީން ކިޔަވާފަހުރި އެކަކުވެސް. ޝަހިމް ނޫން ގޮތެއް. ބަކަރި ހުއިހިއްޕުމަށް އަހަރިމެން ދިވެހިން ކިތަންމެހާވެސް ބޭނުން.އަހަރުމެންގެ ދީނާއިއެކު އަހަރުމެންދޫކޮށްލާ އެގޮތަށް, ޝަހީމ ބަހައްޓާ އައްޗި ކިޔަން.


5

ޙައްގުބަސް

21-Nov-2023

ހިތައްއެރިހާގޮތަކަށް އިސްލަމްދީނުގެ ހުކުމްތަކާއި މުޅި މިދީނަށާއި, ރަސޫލުބޭކަލުންނާި ނަބީންގެ ޒާތުފުޅށް މަލާމަތްކޮށް ހަޖޫޖެހުމާއި ޒިނޭއަށްމަގުފަހިވާކަންތައްތައްކުރުމަށް ހިތްވަރުދީ, އަބޫޖަކުލެކެ ޝަހީމެކޭތަފާތެއްނެތް. ސޭ ނޯޓު ޝަހީމް ފޯ އިސްލާމިކް މިނިސްޓަރ.


-4

ނުސާފް

21-Nov-2023

ޒާތީ ކަމަކާ ހެދި ރުހުން ނުދިނުމަށްވުރެ ރަގަޅީ ރުހުންދިނުން


-2

ޏަމޗް

21-Nov-2023

ޢަދުރޭ ސޮރު ވެސް ހިމަނަ ބަލަ ތީގެ ތެރޭގަ.


-4

ޕޮލި

21-Nov-2023

ވ. ރަގަޅު ނިންމުމެއް


3

ކައްތިރި

21-Nov-2023

ޑރ ސަހީމް ރުހުން ދިނުންއެއީ ރާއްޖޭގިނަ ރަތްޔަތުންތާއިދުކުރާނެކަމެއް ޑރ މުއިޒު ސަރުކާރުގަ ހުރިއެންމެ ގާބިލް މިނިސްޓަރ ޑރ ސަހީމް އަކީ


7

ޙައިދަރު

21-Nov-2023

ކަނޑައެޅިގެން ދޮގުވިއްކިބައެއް އިހުސާން އާއި ސައިދުއަކީ ހަތިޔަަރާއެކު ހާހުންގުނާލެވޭ އަދަދަށް އިންޑިއާސިފައިން ރާއްޖޭގައި ގާއިމްވެތިބިކަމަށް ބުނެ ރޯބުހުތާނު ދޮގާއި ފިތުނަފެތުރިބަޔަކު ރައްޔިތުންނަށް ތެދުވެރިވާނެ ކަމަށް ގަބޫލްކޮށްގެން ނުވާނެ ދެންހުރީ ހައިދަރު އޭނާއަކީ ނާގާބިލް ކަނޑުކޮހެއް އޭނާއަށް ރުހުންދޭކަށް ޕީޕީއެމް ޕީއެންސީ މެމްބަރުންވެސް ތާއީދެއް ނުކުރާނެ އެކަމް ޑޮކްޓަރު ޝަހީމް އަކީ މުޅިސަރުކާރުގަވެސް ހުރި އެއްމެ ގާބިލް އެއްމެ މަގުބޫލް ބޭފުޅާ ރައީސް މުއިއްޒު އަށްވުރެންވެސް މަގުބޫލް ތާއީދު ބޮޑުބޭފުޅެއް ޝަހީމް އަކީ ޝަހީމް އަށް ރުހުންދެއްވުމަކީ ވަރަށް މުހިއްމުބޭނުންތެރި ކަމެއް


-3

ޢާދަންބެ

21-Nov-2023

ގައުމުގެ މިނިވަންކަން ވިއްކައިލި ކަމަށާއި އިންޑިއާގެ 2000 ސިފައިންހަތިޔާރާއެކު ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ގާއިމްވެތިބި ކަމަށްބުނެ ދޮގުފަތުރައި ރައްޔަތުންނަށް އޮޅުވާލުމުގަ މުގުލުގައި ތިބި މީހުން އިހުސާން އާއި ސައީދު އަކީ ދެންހުރީ ހައިދަރު 15 އަހަރުވަންދެން އިނގިރޭސިވިލާތުގަ ރޮށިފިހެން ހުރެފަ އައިސް މިގައުމެއްނޭނގޭނޭ އޭނައަކީ ނާގާބިލް މީހެއް އެކަމަކު ޑޮކްޓަރ ޝަހީމް އަށް ރުހުންދޭންވާނެ


1

ހުދުކާފޫރު

21-Nov-2023

އެމްޑީޕީ ތި ވައްތަރަށް ނުތެޅޭތި. މަމެން ވެސް މީ އެމްޑީޕީ. އެކަމަކު ޕާޓީއަށް ވުރެ ގައުމު ބޮޑު. ޕާޓީ މައިތިރި ވާންޖެހޭ. ރާއްޖޭގެ ރައްޔިތުން އެވަނީ ގޮތް ނިންމާފަ. އެމްޑީޕީ އިން ގޮސް ހަދަން ހިފާނަމަ ހުވާ ޕާޓީއިން ވެސް ކެނޑި އަންނަ މަޖްލިސް އިންތިހާބުގައި އެމްޑީޕީ ނޫންގޮތެއް ހޯދުމަށް ކެރިގެން ނުކުމެ މަސައްކަތް ކުރާނަން


2

ސާބެ

21-Nov-2023

އެކަމަކު ހައިދަރުލާގެން ކިހިނެހ މިކަންކުރާނީ. މިއަދު ފުރަތަމަ ފަހަރަށް މީޑިޔާއަށް އަރައި މުޅިސަރުކާރުގެ މޫނުމަތި ހަޑިކޮއްލާފި


-2

ާއަލިފުޅުބެ

21-Nov-2023

އެމްޑީޕީން ރުހުންނުދިނަސް އަންނަ މަޖިލިސް އިންތިހާބު ގައި މަޖިލިސްގެ މެޖޯރިޓީ ނަގާ އެމްޑީޕީފެއިލްކޮށް މިސަރުކާރުބޭނުންވާ ގޮތައް ރައްޔިތުން ރުހުން ދޭނެ. އިންޝާﷲ


-4

ހަސީނާ

21-Nov-2023

♦ އަވަހަށް ކޯޓްޖަހާފައިން ދައުލަގެ ނިށާންނަގާލާ ♦ ← @ ޢަލީ އިޙްސާނާއި، މުޙައްމަދު ސަޢީދާއި، މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އަދި ޢަލީ ހައިދަރު އަޙްމަދު ♦


-2

މަލިމްބެ

21-Nov-2023

ހައިދަރުނޫންގޮތެއް


-3

އެދުރު

21-Nov-2023

ތި ހަދަނީ ގޯހެއް. ތިވައްތަރަށް އުޅެފިނަމަ އަންނަ މަޖިލިސް އިންތިޚާބުގަ ބޮޑު ތަނުން ފެއިލްވާނެ. އިންޝާ ﷲ



ޓްރެންޑިން