ހާދިސާ ހިނގިވަގުތު ރިކޯޑްކުރެވިފައިވާ ވިޑީއޯއިން ނަގާފައިވާ ސްކްރީންށޮޓެއް:
ހާދިސާ ހިނގިވަގުތު ރިކޯޑްކުރެވިފައިވާ ވިޑީއޯއިން ނަގާފައިވާ ސްކްރީންށޮޓެއް:
ފްރާންސްގައި އުސް އިމާރާތެއްގައި ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއްގައި އިމާރާތުން ކުޑަ ދެކުދިން ފުންމާލުމުން އާންމުން އެކުދިން ހިފައިގެން، ސަލާމަތްވެއްޖެއެވެ.

ފްރާންސްގެ ދެކުނު ބިތުގެ ގްރެނޯބަލްގެ އަވަށެއްގެ އިމާރާތެއްގެ 3 ވަނަ ފަންގިފިލާގައި ހިނގާދިޔަ މި ނުރައްކާތެރި ހާދިސާގައި އާއްމުންގެބައެއްގެ އިރުޝާދާއެކު ސަލާމަތް ވެފައިވަނީ އުމުރުން 3 އަހަރާއި 10 އަހަރުގެ ކުޑަ ދެކުދިންނެވެ. ހާދިސާ ހިނގި ސަރަހައްދުގައި ހުރި އެހެން އިމާރާތަކުން ވަނީ ރޯވި އިމާރާތުން އެ ދެކުދިން ސަލާމަތްވުމަށް ފުއްމާލި މަންޒަރު ރިކޯޑްކު ކޮށްފައެވެ.

އެ ވީޑިޔޯއިން ފެންނަ ގޮތުގައި އެއިމާރާތުން ބޮޑު ދުންގަނޑެއް އަރަމުންދިޔަތަން ފެނުނެވެ. އަދި އެވަގުތު އެ ދުންގަނޑުގެ ތެރޭން އެއް ކުއްޖަކު ތިރިޔަށް ފުންމާލާ މަންޒަރުފެނެއެވެ. ދެން ފެނިގެންދިޔައީ ދެވަނަ ކުއްޖާ އިރުގަނޑެން ވަންދެން ފުންމާލަން ނުކެރިފައި ހުރިތަނެވެ. ތިރީގައި އެއްވެފައިތިބި މީހުން އެކުއްޖާ އަށް އޭރު އިރުޝާދުދެމުންދިޔައީ ބިރު ނުގަނެ ފުންމާލުމަށެވެ. އަދި އެމީހުން އެކުއްޖާ ހިފާނެ ކަމުގެ ޔަގީންކަން ދެމުން ދިޔައެވެ. އެކުއްޖާ ފުއްމާލުމުން ތިރީގައި ތިބި މީހުން ކުއްޖާ ހިފި ތަންވެސް ފެނިގެންދިޔައެވެ.

މަންޒަރު ދުށް މީހަކު ބުނެފައިވާ ގޮތުގައި އެދެކުދީންގެ ތެރެއިން ބޮޑު ކުއްޖާއަކީ ވަރަށް ހިއްވަރު ގަދަ ކުއްޖެކެވެ. އެކުއްޖާ އެންމެ ފުރަތަމަ އޭނާގެ 3 އަހަރުގެ ކޮއްކޮ ކުޑަދޮރުން ވައްޓާލީއެވެ. އަދި އެއަށްފަހު އެއްވެ ތިބި އާންމުންގެ އިރުޝާދާއެކު އޭނާވެސް ފުންމާލީއެވެ.

ހާދިސާ ހިނގި ވަގުތު ދެކުދިން ގޭގައި ތިބީ އެކަނި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. އެދެކުދިންގެ މަންމަ ދިޔައީ ފިހާރަޔަށް ކަމަށާއި ބައްޕަ ދިޔައީ މަސައްކަތު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


15

މުނާ

26-Jul-2020

މުދި ވާހަކަ ލިޔެބަލަ. ޖުޕިޓާރ ގަ ހިނގި ކަމެއް ނޫޏްބާ? ހުޫން ތިޔަ ކުރަނީ ނޫށްވެރިަކަން



ޓްރެންޑިން