އިޒްރޭލުން ފަލަސްތީންގައި ހިންގާ ހަނގުރާމައަށް 100 ދުވަސް ވީއިރު 24،000 ފަލަސްތީން މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީންގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

7 އޮކްޓޫބަރުން ފެށިގެން ފަލަސްތީންގައި އިޒްރޭލުން ހިންގަމުންދާ ގަތުލުޢާންމުގައި ޝަހީދުވީ މީހުންގެ ތެރޭގައި 10،000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

އަނެއްކޮޅުން ފަލަސްތީންގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސްއިން ނެރުނު ވީޑިއޯއެއްގައި އެޖަމާއަތުން ވަނީ އިޒްރޭލުން ހިންގާ އަމަލުތަކުގެ ސަބަބުން އެޤައުމުން ރަހީނުކުރި މީހުންގެ ފުރާނައަށް ގެއްލުންވާ ކަމަށް ބުނެފައެވެ. އެ ވީޑިއޯގައި ވާހަކަދެއްކި ރަހީނަކު ބުނީ އިޒްރޭލު ސިފައިން ދިން ހަމަލާއެއްގައި އިޒްރޭލުގެ އިތުރު 2 ރަހީނުން މަރުވެފައިވާ ކަމަށެވެ. މީގެ ކުރީގައި ޣައްޒާގައި ތިބި އިޒްރޭލުގެ 3 ރަހީނަކު ވަނީ އިޒްރޭލު ސިފައިންގެ އަތްދަށުން މަރުވެފައެވެ.

"ހަމާސްއިން މަސައްކަތްކުރަނީ ރަހީނުންގެ އާއިލާތަކަށް ނަފްސާނީ ގޮތުން އަނިޔާކުރުމަށް. އަހަރެމެންގެ ސިފައިންނެއް އިޒްރޭލުގެ ރަހީނުން ތިބި ސަރަހައްދުތަކަށް ހަމަލާނުދޭނަން" އިޒްރޭލު އަސްކަރިއްޔާގެ ތަރުޖަމާން ދާނިއަލް ހެގަރީ ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން