އިނގިރޭސި ޝާހީ އާއިލާއާ ބެހޭގޮތުން ނެރުނު ފޮތެއްގައިވާ ގޮތުން ޕްރިންސް ހެރީ އަދި މޭގަން ޝާހީ އާއިލާ ދޫކުރަށްވައި ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި މައިގަނޑު ސަބަބަކީ ޕްރިންސް ވިލިއަމް މޭގަންއަށް ގަދަރު ނުކުރައްވާތީކަން ހާމަވެއްޖެއެވެ.
އިނގިރޭސި ވިލާތުގައި ނެރުނު "ފައިންޑިންގް ފްރީޑަމް" ނަމަކަށް ކިޔާ މިފޮތުގައި ލިޔެފައިވާގޮތުން ޕްރިންސް ވިލިއަމްވަނީ ޕްރިންސް ހޭރީ ގާތު މޭގަން އަކީ ކޮންކަހަލަ ކުއްޖެއްތޯ ރަނގަޅަށް ބެލުމަށް އެދިފައެވެ. ނަމަވެސް އެވަގުތު ވިލިއަމްގެ ވާހަކަ އާއި ރާގު ހުރިގޮތުން ހެރީ ހުރީ ވަރަށްބޮޑަށް ހިތްހަމަ ނުޖެހިފައި ކަމަށް ވެސް މި ފޮތުގައިވެއެވެ.
މިކަމާއި ގުޅިގެން ހެރީވެސް އަދި މޭގަންވެސް ބުނެފައިވަނީ އެފޮތް ލިޔުނު ފަރާތުން އެމީހުންނާ އެއްވެސް ސުވާލެއް ކޮށްފައި ނުވާކަމަށާއި އެފޮތަށް އެދެމަފިރިންގެ ފަރާތުން އެއްވެސް މައުލޫމާތެއް ދީފައި ނުވާނެކަމަށެވެ. އަދި އެފޮތުގައި ވާ މައުލޫމާތަކީ ލިޔުނު ލިޔުންތެރިއެއްގެ އަމިއްލަ ހިޔާލުކަމަށް ވެސް އެދެމަފިރިން ބުނެފައި ވެއެވެ.
އޭގެ އިތުރުން އެފޮތުގައި، މޭގަންއަކީ މީހުންގެ ލޯމައްޗަށް ދައްކަން ހެރީ ގެންގުޅޭ މީހެއްކަމަށާއި އަދި އޭނާއަކީ ވަރަށް ޒީލަގަދަ އަންހެނެއްކަމަށް ބުނެފައިވެއެވެ. ނަމަވެސް މޭގަން އާއި ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓްއާ ދެމެދު އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާކަމަށްވެސް އެފޮތާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފައިވާއިރު، އެދެމީހުންގެ އެއްގޮތް އެއްވެސް ކަމެއް ނެތްކަމަށާއި މޭގަންއަށް ކޭޓް ހިތްވަރު ނުދޭކަމަށާއި އަދި ކޭޓް މޭގަންއާއި ވާހަކަ ދައްކަން އުޅުމުން ބައެއްފަހަރު ޖަވާބު ނުލިބޭކަމަށްވެސް މިފޮތުގައި އާންމު ކޮށްފައިވެއެވެ.
ހެރީ އަދި މޭގަން ގަނޑުވަރާއި ހުރިހާ ޝާހީޒިންމާތަކާއި ދުރަށް ވަޑައިގެންނެވިކަން ހާމަ ކޮށްފައިވަނީ އަލަށް އުފެއްދި ވެބްސައިޓެއްގައި ކަމަށް މީޑިޔާ ރިޕޯރޓްތަކުން ހާމަ ކޮށްފައިވެއެވެ. މިހަބަރު އިވުމުން ރާނީއާއި ޕްރިންސް ފިލިޕް ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައި ނުގެންނެވި ކަމަށްވެސް ރިޕޯރޓްތަކުން ހާމަ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު