އަޙްމަދު އަސްހަމް ޢަބްދުލްޢަޒީޒު   19 ޖެނުއަރީ 2024 - 21:9
އިންޑިއާ އާއި ދެކޮޅަށް އިންޑިއާ އައުޓްގެ ނަމުގައި ބަންގްލަދޭޝްގެ ރައްޔިތުން އަޑުއުފުލަން ފަށައިފި އެވެ.

މިކަން އިންޑިއާގެ މީޑިއާތަކުން ސިފަކުރަމުން ދަނީ ދިވެހިރާއްޖެއިން އިންޑިއާއާއި ދެކޮޅަށް ފަށާފައިވާ އިންޑިއާ އައުޓް ހަރަކާތެކޭ އެއްގޮތަށް ބަންގްލަދޭޝް ރައްޔިތުންވެސް އިންޑިއާ އާއި ދެކޮޅަށް ހަރަކާތެއް ފަށައިފައިވާކަމަށެވެ. އަދި ބަންގްލަދޭޝްގައި ކުރިއަށްދާ އިންޑިއާ އައުޓް ހަރަކާތުގެ އަޑުއުފުލުން ބޮޑަށް ގެންދަނީ މީސްމީޑިއާ މެދުވެރިކޮށްކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މިހަރަކާތުގަައި އިސްކޮށް ހަރަކާތްތެރިވަނީ ބަންގްލަދޭޝްގެ ސަރުކާރާ އިދިކޮޅު ޕާޓީ ކަމަށްވާ ބަންގްލަދޭޝް ނެޝަނަލް ޕާޓީ (ބީ.އެން.ޕީ) އިންނެވެ.

އިންޑިއާ އައުޓްގެ ނަމުގައި ބީއެންޕީގެ ފާޑުކިޔުން އިންޑިއާއަށް އަމާޒުވެފައިވަނީ ބަންގްލަދޭޝްގައި ހަތަރުވަނަ ދައުރަކަށް އިންތިހާބުވެފައިވާ އެގައުމުގެ ބޮޑުވަޒީރު ޝޭހް ހަސީނާ ވެރިކަމާ ހަވާލުވުމުންނެވެ. ބީއެންޕީ އިން ބުނާ ގޮތުގައި ބަންގްލަދޭޝްގައި މިހާރު އިންޑިއާގެ ނުފޫޒު އިތުރުވެފައިވާއިރު، އިންޑިއާއިން ބަންގްލަދޭޝް ހަލާކުކުރަމުންދާކަމަށް ބުނެ ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބަންގްލަދޭޝްގެ އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތުގެ ތެރެއިން އިންޑިއާ އައުޓް ޓެގްތަކާއިއެކު އިންޑިއާއިން އުފައްދާ ތަކެތި ބޯއިކޮޓްކުރުމަށް ގޮވާލަމުން ދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން