އިންޑިއާގައި ހުންނަ ގަދީމީ ބާބްރީ މިސްކިތް ތަޅާލުމަށްފަހު އަޅާފައިވާ ރާމް ފައްޅި އަންނަ ހަފްތާގައި އިފްތިތާހު ކުރާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ޖެނުވަރީ 22 ގައި މި ފައްޅި ހުޅުވާނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީއެވެ. ހިންދޫންގެ އަޅުކަމަށް ޚާއްސަ ރާމް ފައްޅިއަކީ މޯދީގެ އިސްނެންގެވުމުގެ މަތިން އަޅާ ފައްޅިއެކެވެ. މި ފައްޅި ވެގެންދާނީ އިންޑިއާގެ އެންމެ އަގުބޮޑު މަޝްރޫއަށެވެ. އަދި މިހާތަނަށް ބިނާކުރެވުނު އެންމެ ބޮޑު ފައްޅިއަށްވެސް މެއެވެ.
މި ފައްޅި ހުޅުވުމުގެ ރަސްމިއްޔާތުގެ އިންތިޒާރުގައި އެތައް ހާސް ބަޔަކު އެސަރަހައްދުގައި ޓެންޓްތައް ޖަހާފައިވާއިރު އިންޑިއާގެ ބޮޑެތި ނަން މަޝްހޫރު އެތައް ބަޔަކު ރަސްމިއްޔާތުގައި ބައިވެރިވާނެއެވެ. މި ފައްޅި ހުޅުވުމާއެކު މި ފައްޅި ހުންނަ ސަރަހައްދަށް މިލިއަނެއްހާ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.
ބާބްރީ މިސްކިތަކީ އިންޑިއާގެ ހަރުކަށި ފިކުރުގެ ހިންދޫ މީހުން 1992 ވަނަ އަހަރުގައި ތަޅާލާފައިވާ މިސްކެތެކެވެ. އެ މިސްކިތް ތަޅާލާފައި ވަނީ 200،000 މީހުން އެއްވި އެއްވުމަކުންނެވެ. 451 އަހަރުގެ ދިގު ތާރީޚެއް ލިބިގެންވާ ބާބްރީ މިސްކިތަކީ އިންޑިއާގައި އޮތް މުގަލް ރަސްކަމުގައި އުއްތަރު ޕްރަދޭޝްގެ އަޔޯދްޔާގައި ބިނާކުރެވުނު މިސްކިތެކެވެ. މި މިސްކިތް ތަޅާލުމުގެ ސަބަބުން އިންޑިއާގެ މުސްލިމުންނާއި ހިންދޫންގެ މެދުގައި ބޮޑު އަރާރުންވުމެއް އުފެދުނެވެ. ދެ ދީނުގެ މީހުންގެ މެދުގައި އުފެދުނު ބޮޑު ހަމަނުޖެހުމުގައި 2000 މީހުން މަރުވިއެވެ. މަރުވި 2000 މީހުންގެ ތެރޭގައި ގިނައީ އިންޑިއާގެ މުސްލިމުންނެވެ. ދުނިޔޭގެ އެތައް މުސްލިމުން އެކަމާއި ނުރުހުންވުން ފާޅުކުރިއެވެ.
ބާބްރީ މިސްކިތް ތަޅާލުމަށްފަހު އަޅާފައިވާ ރާމް ފައްޅި ހުޅުވުމާއި ބެހޭގޮތުން ގިނަބަޔަކު ބުނަނީ ފައްޅި ބިނާކުރުމަކީ އިންޑިއާގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅުވައިގެން ބޮޑުވަޒީރު މޯދީ ކުރަމުންދާ ކެމްޕެއިންގެ ތެރެއިން ކުރިއަށްގެންދިޔަ މަޝްރޫޢުއެއް ކަަމަށެވެ. އިންޑިއާގެ ގިނަ މުސްލިމުން ދެކޭގޮތުގައި މި ފައްޅިއަކީ އިންޑިއާގެ އެތައް މިލިއަން މުސްލިމުން ނިކަމެތިކުރުމަށް ބީޖޭޕީން ހިންގާ މަޝްރޫއުއެކެވެ. އެމީހުން ގަބޫލުކުރާގޮތުގައި 2014 ވަނަ އަހަރު މޯދީ ވެރިކަމާއި ހަވާލުވީފަހުން އިންޑިއާގެ މުސްލިމުންނަށް ނިކަމެތިކަން ނޫން އިތުރު ކަމެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު