ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމުން އެއްވެސް ކެންޑިޑޭޓަކު ނުނެރެނީ ކީއްވެތޯއޭ ވިދާޅުވެ އެޕާޓީގެ ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް ސުވާލު ކުރައްވައިފިއެވެ.
ޔާމިން މިހެން ވިދާޅުވީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންއެފުން މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު ބާއްވާ ސުވާލާ ޖަވާބުގެ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން އެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޔާމީން ވަނީ ޕީޕީއެމުން އެއްވެސް ކެންޑިޑޭޓަކު ނުނެރެނީ ކީއްވެތޯ ސުވާލުކުރަށްވައި އެޕާޓީގެ ލީޑަރޝިޕެއް ނެތީތޯ ސުވާލު ކުރައްވައި ފައެވެ. އަދި ޕީޕިއެމުގެ ހުރިހާ މެމްބަރުން ޕީއެންސީއަށް ބަދަލުނުވީ ކީއްވެތޯ ވެސް ޔާމިން ސުވާލު ކުރެއްވިއެވެ.
"އަޅުގަނޑުގެ ސުވާލަކީ ކީއްވެގެންހޭ ޕީޕިއެމުން އެއްވެސް މެމްބަރަކު މަޖިލީހަށް ކުރިމަތިނުލެއްވީ ޕީޕިއެމުގެ ލީޑަރޝިޕެއް ނެތީހޭ ޕީޕީއެމްގެ ތިބި އާންމު މެމްބަރުންނަށް ޕީޕިއެމުން ދެނީ ކޮން ޖަވާބެއް ހޭ ނޫނީ ކީއްވެތޯ ޕީއެންސީ ދެކެ ހުރިހާ މެމްބަރުން ލޯބިވަންޏާ ޕީޕިއެމްގެ ހުރިހާ މެމްބަރުން އެއްކޮށް ޕީއެންސީ ނުދެވުނީ މީ ކީއްވެހޭ،؟" ޔާމިން ސުވާލު ކުރެއްވިއެވެ.
މީގެއިތުރުން ޔާމިން ވިދާޅުވީ ޕީއެންސީއަށްވުރެ ތާހިރު މެމްބަރުން ތިބީ ޕީޕީއެމްގައި ކަމަށެވެ. ސަރުކާރު ބަދަލުވުމާ ގުޅިގެން، ސަރުކާރުން ފައިދާތަކެއް ހޯދުމުގެ ބޭނުމުގައި ޕީއެންސީ އަށް ގާތްގަނޑަކަށް "ގޮތް ނޭނގޭ" 15،000 މެމްބަރުން ވަދެފައި އެބަތިބި ކަމަށް ޔާމިން ވިދާޅުވި އެވެ. ޕީޕީއެމުން ޕީއެންސީއަށް ހިޖުރަކޮށްފައި އޮތީ ގާތްގަނޑަކަށް 12،000 މެމްބަރުން ކަމަށް ޔާމީން ވިދާޅުވި އެވެ.
މަޖިލީހުގެ އިންތިހާބުގައި ކޯލިޝަނުގެ އެއްވެސް ޕާޓީއަކަށް ގޮނޑިތަކެއް ނުދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީން ވަކާލާތު ކުރި ކަމަށާއި ނަމަވެސް މިއަދު ކަންކަން ފެންނަނީ އެގޮތަށް ނޫން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު