ރާއްޖޭގައި ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް އޮޕަރޭޓް ކުރަމުންދާ ވައިގެ އުޅަނދުތައް ކުރިއަށް އޮތްތަނުގައި އޮޕަރޭޓް ކުރާނީ އިންޑިއާގެ އަސްކަރީ މީހުންގެ ބަދަލުގައި އެ ގައުމުގެ މަދަނީ މީހުން ކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާގެ ސިފައިން ރާއްޖޭން ބޭރުކުރުމުގެ މަސައްކަތާއި ގުޅޭގޮތުން އެކުލަވާލާފައިވާ މަތީފަންތީގެ ކޯގްރޫޕުން މިދިޔަ ހުކުރު ދުވަހު ބޭއްވި މަޝްވަރާތަކަށް ފަހު ރާއްޖެއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި އިންޑިއާގެ ޑޯނިއާ އަދި ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ތިން ޕްލެޓް ފޯމްގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އިންޑިއާއިން އެއްބަސްވެފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ބެޗް މަރޗް 10 ގައި އަދި ބާކީ ތިބި ސިފައިން މެއި 10 ގައި އެއްކޮށް ގެންދާނެކަމަށް ބުނެފައި ވެއެވެ.

ނަމަވެސް، އެ ސިފައިންގެ ބަދަލުގައި ދެން އެ މަސައްކަތް ކުރާނީ ކޮންބައެއްކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް، އިންޑިއާ ސަރުކާރުން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖެއިސްވާލް ވަނީ ދެން އެ މަސައްކަތް ކުރާނީ ޓެކްނިކަލް މީހުންކަމަށް ވިދާޅުވެފައެވެ.

އެ ބައްދަލުވުމުގައި، އޭނާ ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގައުމަށް ގެނައުމަށް މިހާރު ކުރިއަށްދާ މަތީފަންތީގެ މަޝްވަރާތަކުގައި، އެކަމަށް ހައްލެއް ގެނެވޭނެ ގޮތްތަކާމެދު މަޝްވަރާތައް ކުރައްވާފައިވާ ކަމަށެވެ. އެގޮތުން، ކުރިއަށް އޮތްތަނުގައި އިންޑިއާގެ އުޅަނދުތައް ދުއްވާނީ އެ ގައުމުން ފޮނުވާ ސިވިލިއަނުން ނުވަތަ މަދަނީ ޓެކްނިކަލް މީހުންކަމަށް ވަނީ ވިދާޅުވެފައެވެ.

މިކަން ދިވެހި ސަރުކާރުގެ ބައެއް އޮފިޝަލުން ވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


6

ސަލީމް

19-Feb-2024

ތިކަން ކުރިންވެސް ތިގޮތަށް ކުރަންވީ ކަމެއް.


-2

ޙައްގުބަސް

19-Feb-2024

އޮޅުވާލުމެއް



ޓްރެންޑިން