ރޯދަމަހަށް ސަރުކާރުން ދޭ ހަނޑުލާއި ފުށް ހޯދަން ރަޖިސްޓްރީ ނުވިޔަސް އެތަކެތި ލިބޭނެ ގޮތް ހައްދަވާނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ރޯދަ މަހަށް ކޮންމެ ގެއަކަށް ހަނޑުލާއި ފުށް ބަސްތާ އެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެެ. މާލޭ ސަރަހައްދުން އެތަކެތި ބޭނުންވާ ގޭބިސީތަކުން ރަޖިސްޓްރީވާން އަންނަ ހަފްތާގައި ހުޅުވާލާން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ސަރުކާރުން ބަހާ ތަކެތި ހޯދަން ރަޖިސްޓްރީ ކުރަންޖެހޭތީ އެކަމަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.

އެކަމާ މެދު އާންމުން ފާޅުކުރި ކަންބޮޑުވުންތަކާއި ގުޅިގެން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރަޖިސްޓްރީ ނުވެ އެ ތަކެތި މާލޭ ސަރަހައްދުގެ ގޭބިސީތަކަށް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ބަހަން ހަމަޖައްސާފައިވާ ކަމަށެވެ. އެހެންކަމުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ގޭބިސީތަކުގައި އުޅޭ މީހުން، މި މަހުގެ 25 ގެ ކުރިން ނަންނޯޓު ކުރުމަށް ވެސް އިއުލާނުގައި އެދިފައިވެއެވެ. އެހެން ނަމަވެސް ފަހުން އެއިއުލާނު މާލޭ ސިޓީކައުންސިލުން ވަނީ ބާތިލްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން