ކޮކާ ކޯލާގެ 'ފްލިޕް އިޓް ޓު ވިން' ޕްރޮމޯޝަނުގެ ދެވަނަ ނަސީބުވެރިޔާ ހޮވައިފިއެވެ.

މިއަހަރުގެ މަރޗް މަހުގެ 4 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ މި ޕްރޮމޯޝަނުގެ ދެވަނަ ނަސީބު ވެރިޔާ ހޮވަން ނެގި ގުރުއަތުލުމުގެ ވީޑީއޯ އާންމުކޮށްފައިވަނީ ކޮކާ ކޯލާގެ ވައިބަރ ކޮމިއުނިޓީ އަދި ޔޫޓިއުބް މެދުވެރިކޮށެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް، ކޮކާކޯލާ، ކޮކާކޯލާ ޒީރޯ ޝުގާރ، ސްޕްރައިޓް، ފެންޓާ އޮރެންޖް ނުވަތަ ފެންޓާ ސްޓްރޯބެރީގެ 500 އެމްއެލް، 1.25 ލީޓަރ، އަދި 2 ލީޓަރ ފުޅީގެ މަތިގަނޑުގެ ދަށުގައި، ނުވަތަ މިއިން ފްލޭވަރއެއްގެ 330 އެމްއެލްގެ ދަޅުގައި ޕްރިންޓްކޮށްފައިވާ ހާއްސަ ކޯޑް އެސްއެމްއެސް މެދުވެރިކޮށް "2626" ނަންބަރަށް ފޮނުވާލަންވީއެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް ފޮނުވާ މި ހާއްސަ ކޯޑު ރަނގަޅުނަމަ، ލަކީ ޑްރޯ އަށް ޝަރުތު ހަމަވާކަމުގެ މެސެޖެއް ލިބިލައްވާނެއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ތިރީސް ނަސީބުވެރިން ހޮވަން ގުރުއަތު ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ގުރުއަތުން ހޮވޭ ކޮންމެ ނަސީބުވެރި ފަރާތަކަށް ސެމްސަންގ އެސް-23 ފޯނެއް އިނާމެއްގެ ގޮތުގައި ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ހިޔާލުޓްރެންޑިން