ރާއްޖޭގެ ޤައުމީ ދިފާއީ ބާރާއި އިންޑިއާގެ ސިފައިން ގުޅިގެން ސިލްސިލާކޮށް ހިންގަމުންއަންނަ، ވައިގެމަގުން ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމުގެ 53ވަނަ އޮޕަރޭޝަން މިއަދު ފަށައިފިއެވެ.
ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ އިންޑިއާއާ ގުޅިގެން ހިންގަމުން އަންނަ މި އޮޕަރޭޝަނަކީ ވަރަށް ކާމިޔާބު އޮޕަރޭޝަނެއްކަމަށެވެ. އެގޮތުން މިހާތަނަށް މީގެ 53 އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވާއިރު، ޤަވައިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަދެ އުޅުނު އެތަށް އުޅަނދެއް ދެނެގަނެ އެކަން ހުއްޓުވާފައިވާ ކަމަށް ވެސް ދިފާޢީ ބާރުން ވިދާޅުވެއެވެ. އެމްއެންޑީއެފުން ވިދާޅުވީ މިގޮތަށް ވަންނަ ގިނަ އުޅަނދުތަކަކީ ރާއްޖޭގެ ކަނޑުގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދަށް މަސްވެރިކަމުގައި ވަންނަ އުޅަނދުތައް ކަމަށެވެ.
މި އޮޕަރޭޝަނަކީ ދިވެހިރާއްޖެއާއި އިންޑިއަންނޭވީ ގުޅިގެން 2009ވަނަ އަހަރުން ފަށައިގެން ސިލްސިލާކޮށް ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. މިއޮޕަރޭޝަންގެ އެންމެ ބޮޑު ބޭނުމަކީ ޤަވައިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަންނަ އުޅަނދުތަށް ދެނެގަނެ، އެފަދަ އުޅަނދުތަށް ހުއްޓުވުމެވެ.
މި އޮޕަރޭޝަން ރާއްޖޭގެ ކަނޑުގެ އެކި ސަރަައްދުގައިތަކުގައި އަންނަނީ ހިންގަމުންނެވެ. އަދި މި ފެށި އޮޕަރޭޝަންގެ ޙަރަކާތްތައްވެސް އެކި ދުވަސްތަކަށް ބަހާލައިގެން، ރާއްޖޭގެ އެކި ސަރަޙާއްދުގައި ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ ސިފައިން އިންޑިއާގެ އަސްކަރިއްޔާއާއި ގުޅިގެން މިފަދަ އޮޕަރޭޝަނެއް ފަށާފައި މިވަނީ އިންޑިއާއާއި ރައްޖެއާއި ދެމެދު އޮތް އެކުވެރި ކަމުގެ ގުޅުން އެހެން މަރުހަލާއަކަށް ގޮސް އިންޑިއާއިން ރާއްޖެ އަޅުވެތިކޮށްފާނެ ކަމުގެ އިންޒާރުތަކެއް ދެމުން ގެންދާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު