ރާއްޖޭގެ ކޯވިޑް-19ގެ ހާލަތު ބަދަލުވެ، ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާނަމަ އޮގަސްޓު މަހުގައި ސްކޫލުތައް ހުޅުވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، މިހާރު ކޮވިޑުގެ ހާލަތު އޮތް ގޮތާއި، ކުރިއަށް އަންދާޒާ ކުރެވިފައި އޮތް ގޮތަށް ބަލާއިރު އޮގަސްޓު މެދުތެރޭގައި ސްކޫލުތައް ހުޅުވޭ ވަރުވެދާނެ ކަމަށް ހާމަކުރަން އުނދަގޫ ކަމަށެވެ. އެހެން ނަމަވެސް އެކަން ނިންމަވާނީ، ކޮވިޑާ ގުޅިގެން މިހާރު އަޅަމުން ދާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަ ގޮތެއްގެ މައްޗަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ސްކޫލުތައް ކަނޑައެޅި ތާރީހަށް ހުޅުވިދާނެ ތޯ ނުވަތަ ނޫންތޯ ނިންމަވާނީ އެޑިއުކޭޝަން މިނިސްޓްރީއާ ވެސް މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑަށް އުދަނގޫ އަންނަ މަހު 15ގައި ސްކޫލްތައް ހުޅުވޭނެޔޭ ނުހުޅުވޭޔޭ ދަންނަވަން، ކޭސްތައް އިތުރުވާނަމަ ސްކޫލްތައް ހުޅުވާ ހާލަތެއްގައެއް ނޫން އޮންނާނީ. ސްކޫލު ހުޅުވޭ ހާލަތެއް ނެތް ނަމަ ސްކޫލުތައް ހުޅުވަން ނުވިސްނާނެ ސަރުކާރުން މިހާރު އެހެރި ޕޮރެޖްކްޝަން ތަކަށް ބަލައި މިހާރު މިއަޅާ ފިޔަވަޅުތަކަށް މީހުން ތަބާނުވާ ކަމަށް ވާނަމަ އެހިސާބަށް ދާއިރު ސްކޫލުތަށް ހުޅުވޭނެ ކަމަށް ގަބޫލެއް ނުކުރެވޭ. އޭގެ މާނައަކީ މިހާރު ކޭސްތައް އިތުރުވާ ނިސްބަތުގައި އޮގަސްޓް 15 އާއި ހިސާބަށް ދާއިރު ހުރެއްޖެއްޔާ ހަމަ ޔަގީނުން ވެސް ސްކޫލްތަކެއް ނުއެއް ހުޅުވޭނެ" އަމީން ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ގްރޭޑް 9 އާއި 10 އަށް މިހާރުވެސް ކިޔަވައިދެމުން ގެންދެއެވެ. އެހެން ނަމަވެސް މިފެށޭ އޮގަސްޓް މަހުގެ މެދުތެރޭގައި ގްރޭޑް 7 އަދި 8 އަށް ކިޔެވުން ފެށުމަށް އެޑިއުކޭޝަނުން ވަނީ ނިންމާފައެވެ. އަދި ގްރޭޑް އެކަކުން ފެށިގެން ކިޔެވުން ފެށުމުގެ ތައްޔާރީތައް މިހާރު ވެސް ވަނީ ފަށާފައެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، ސްކޫލުތައް ހުޅުވުމާއި ނުވަތަ އެނޫންވެސް ލުއިތައް ދިނުން ގުޅިފައިވަނީ ރާއްޖޭގައި ކޮވިޑް މިހާރު ފެތުރޭ ނިސްބަތަށް ބަލާފައި އަޅަމުން ގެންދާ ފިޔަވަޅުތަކަށް ރައްޔިތުން ބޯލަނބާ މިންވަރެއްގެ މައްޗަށް ކަމަށެވެ. މިއަދުން ފެށިގެން މާސްކު އެޅުން މަޖުބޫރު ކޮށްފައި އޮތް ނަމަވެސް ބައެއް މީހުން މާސްކު ނާޅައި މަގުމަތީގައި އުޅެމުންދާ ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
ކޮންމެ ފިޔަވަޅަކީ އެންމެންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއް ކަމަށާއި، ފަރުދީ ޒިންމާ އަދާކޮށް، ސިއްހީ ފަރާތްތަކުން ދޭ ލަފަޔާ އެއްގޮތަށް އަމަލު ކުރުމަށް މިނިސްޓަރު މިރޭ ވެސް ވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު