ފުވައްމުލަކު ސިޓީގެ އިހުތިސާސްގެ ތެރެއަަށް ލުމަށް ފަޅު ރަށެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ، މުހައްމަދު މުއިއްޒު ވިދާޅުވުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ މުޙައްމަދު މަލީހް ޖަމާލް މަލާމާތް ކުރައްވައިފި އެވެ.

ރައީސް މުއިއްޒު މިިދިޔަ ހޯމަ ދުވަހު ފުވައްމުލަކު ސިޓީޢަށް ކުރެއްވި ޒިޔާރަތުގައި ވިދާޅުވީ ފުވައްމުލަކަކީ އެއްފަސްކޮށް އޮންނަ އަތޮޅަކަށް ވިޔަސް ކައުންސިލްތަކަށް ނަފާ ހޯދައިދިނުމަށް ފަޅުރަށްތައް އިހުތިސާސްގެ ތެރެއަށް ވެއްދޭނެ ގޮތްތައް އެބަހުރި ކަމަށެވެ. އެހެންވެ އެ އުސޫލުން ފުވައްމުަލަކަށް ވެސް ފަޅު ރަށެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންވެ ފުވައްމުލަކަށް އާމްދަނީ ހޯދުމަށްޓަކައި ހާއްސަ ރަށެއް ހޯދުމުގެ މަސައްކަތް ފެށުމަށް އެ ރަށުގެ އިސްބޭފުޅުންނަށް ރައީސް ގޮވާލެއްވި އެވެ.

ނަމަވެސް ރައީސްގެ އެ ވާހަކަތަކަށް ފާޑުވިދާޅުވެ މަލީހު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ހޮޅި ވައުދުތައް" ފުވައްމުލަކުގެ ރައްޔިތުން ނުގަންނާނެ ކަމަށާއި އަދި ނުވެސް ވިއްކޭނެ ކަމަށެވެ.

"މިއީ ސީދާ މުއިއްޒުގެ "ވަށަފަރު ވަޢުދެއް." އަދި އަދުރޭ ފަދަ ޖާހިލަކު ފުވައްމުލަކު ޕޯޑިއަމަކަށް އެރުވުމަކީ ރަަށަށް ކުރި މަލާމާތެއް. ތަޢުލީމަށް ކުރި ފުރައްސާރައެއް. ފަހުޒަމާނުގެ ޢަލާމަތެއް." މަލީހު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން