އިސްރާއިލުން ޣައްޒާގައި ގަތުުލު އާންމެއް ހިންގަމުންދާއިރު އެވަރުން ނުފުދޭ ކަމަށާއި ޣައްޒާގެ ހުރިހާ ރައްޔިތުން މަރަން ޖެހޭ ކަމަށް އެމެރިކާގެ ކޮންގްރެސްގެ އެންޑްރޫ އޮގްލެސް ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ ބައެއް މީޑިއާތަކުން އާންމުކޮށްފައިވާ ވިޑިއޯއެއްގައި އޭނާ މިހެން ވިދާޅުވަނީ ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރާ އެކްޓިވިސްޓަކު އިސްރާއިލުން ހިންގަމުންދާ ގަތުލު އާންމާ ގުޅޭ ގޮތުން ސުވާލުކުރުމުންނެވެ.
އެގޮތުން އިސްރާއިލުން ދެމުންގެންދާ ހަމަލާތަކުގައި ކުޑަކުދިން ހަށިތައް ކުދިކުދިވަމުންދާ ކަން ވެސް އެ އެކްޓިވިސްޓް ފާހަގަ ކުރިއެވެ. ހަމަ އެހެންމެ އެމެރިކާގެ މީހުން ދައްކާ ޓެކްސް ފައިސާ ހޭދަކުރަނީ ފަލަސްތީނުގެ ކުޑަކުދިން މަރަންތޯ އެކްޓިވިސްޓު ސުވާލު ކުރެއެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި އެންޑްރޫ ވިދާޅުވީ ޣައްޒާގެ ހުރިހާ އެންމެން ޖެހޭނީ މަރަން ކަމަށެވެ. އަދި ހަމާސްއާއި ފަަލަސްތީނުގެ މީހުން އިސްރާއިލަށް ހަމަލާ ދެމުންދާތާ 20 އަހަރު ވެދާނެ ކަމަށް އޭނާ ވިދާޅުވެއެވެ.
އެންޑްރޫއަކީ ކުރިން ވެސް ފަލަސްތީނުގެ މީހުންނާ ދެކޮޅު މީހެކެވެ. އޭނާ ކުރިން ވަނީ ފަލަސްތީނުގެ ރައްޔިތުކަން އޮންނަ މީހުން އިސްރާއިލަށް އެރުން މަނާކުރުމަށް ބިލެއް ވެސް ޑްރާފްޓްކޮށްފަ އެވެ.
އިސްރާއީލުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ކުރަމުންދާ އިންސާނިއްޔަތުކަމެއް ނެތް ހަނގުރާމަ އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު ފެށިގެން އަދިވެސް ކުރިއަށްދާ އިރު ހަމަލާތަކުގައި މަރުވި ފަލަސްތީނު މީހުންގެ އަދަދު މިހާރު ވަނީ 29،000 ފަހަނަ އަޅާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު