މާލޭގެ ގޯޅިގަނޑެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް ޒުވާނަކަށް ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ ނީލޯފަރު މަގުގެ ގޯޅިގަނޑެއްގެ ތެރޭގައި މީހަކު ހަބަރު ހުސްވެފައި އޮތް ކަމަށް މިއަދު ފަތިހު 05:27 ކަންހާއިރު ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ.

އެއީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މީހާއަށް އައިޖީއެމްއެޗުގައި މިހާރު ފަރުވާ ދެމުންދާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން