ހއ. މުރައިދޫ ބަނދަރުގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށް ގެންގޮސް ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ސަރުކާރުން ސިލްސިލާކޮށް ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު"ގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން މިއަދު އެރަށު އަންގޫރުމާގޭ، ޙަސަން ރިޔާޝް، ރައީސްއާ ސުވާލު ކޮށްފައި ވަނީ މުރައިދޫ ބަނދަރު ހެދުމުގެ މަސައްކަތް ހުއްޓިފައިވާތީއެވެ. އަދި އެކަމުގެ ސަބަބުން ކުރިމަތިވާ ދަތިތައް ހާމަކޮށް ރައީސާ ސުވާލު ކޮށްފައިވެއެވެ.
ރިޔާޝް ބުނީ، ކުރީ ސަރުކާރުން ފަށައި މިހާރު ހުއްޓިފައިވާ މުރައިދޫ ބަނދަރުގެ މަސައްކަތް ކުރިއަށް ނުދާތީ ރަށުގެ ރައްޔިތުންނަށް ދަތިތަކާ ކުރިމަތި ވާ ކަމަށެވެ. އެގޮތުން އިރުވައި މޫސުމުގައި ބަނދަރުގެ ދަތިކަމުގެ ސަބަބުން ބަނދަރު އެއްވެސްް ހާލަތެއްގައި ބޭނުން ނުކުރެވޭ ކަމަށް ރިޔާޝް ބުންޏެވެ.
"ދެން މިހާރު އައި ރާޅާއެކު ބޭރު ތޮށި އޮތީ އެއްކޮށް ރޫޅިފަ. އެ ބަނދަރަށް އަޅުގަނޑުމެން ބޭނުންވޭ ދާއިމީ ހައްލެއްވެސް." ރިޔާޝް ބުންޏެވެ.
އެހެންކަމުން އެރަށު ބަނދަރުގެ މަޝްރޫއު ކުރިއަށް ރޭވިފަ ވަނީ ކިހިނެއްތޯއާއި އެ މަސައްކަތް ފެށޭނީ ކޮން އިރަކުންތޯ ރިޔާޝް ވަނީ ރައީސާ ސުވާލު ކޮށްފައެވެ.
ޖަވާބުގައި ރައީސް ވިދާޅުވީ، ފަށާފައިވާ އެފަދަ މަޝްރޫއުތައް ނިންމޭ ވަރަށް ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށެވެ. އަދި އެއީ މީގެކުރިން ދުވަހަކުވެސް ރައްޔިތުންގެ މަޖިލީހަކުން ނުކުރާ ކަމެއް ކަމަށެވެ.
"އޮންގޮއިންގް މަޝްރޫއެއް ވެއްޖެއްޔާ ނިންމޭވަރަށް ބަޖެޓުގަ ފައިސާ ހިމަނާނެ. އަލަށް ފަށާ މަޝްރޫއުއެއް ވެއްޖެއްޔާ ބައެއް ފަހަރަށް 15 ޕަސެންޓް ކިރިޔާ ދެވޭވަރަށް ހިމަނާފާނެ. އެކަމު މިފަހަރު ހިނގަހިނގާ ހުރި މަޝްރޫއުތަކަށް އެބަހުރި އެންމެ ބިލެއް ނުދެއްކޭ ވަރަށްވެސް، އެންމެ ބިލެއް، ދެބިލު ދެއްކޭވަރަށް [ފައިސާ]" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފެށިފައި ހުރި މަޝްރޫއުތައް ހުއްޓިފައި ވަނީ އެ ސަބަބާހުރެ ކަމަށެވެ. ނަމަވެސް މުރައިދޫގެ ބަނދަރުގެ މައްސަލައަށް ހައްލެއް ގެނެސްދޭނެ ކަމަށާއި އެ މަސައްކަތް ވަރަށް ރަނގަޅަށް ގެންގޮސް ނިންމައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު