ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ތާއިދާއެކު ހެންވޭރު ދެކުނު ދާއިރާއަށް ވާދަ ކުރާ އިބްރާހިމް މުހައްމަދު (ނިޝާން)، އެ ދާއިރާއަށް ވާދަ ކުރާ ޕީއެންސީގެ ކެންޑިޑޭޓު އިމްރާން ލަތީފް (އިންމު) އަށް ތާއީދު ކުރަން ނިންމައި އެކަން އިއުލާންކޮށްފިއެވެ.

ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ތާއިދާއެކު ހެންވޭރު ދެކުނު ދާއިރާއަށް ވާދަ ކުރާ އިބްރާހިމް މުހައްމަދު (ނިޝާން)، އެކަން ހާމަކޮށްފައިވަނީ މިއަދު މެންދުރު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންމުގެ އިތުރުން ޕާޓީގެ އިސް ބޭފުޅުން ހެންވޭރު ދެކުނުގެ ސަރަހައްދުގައި ދޮރަށް ދޮރަށް ހިންގަވާ ރައްޔިތުންނާއި އެކު ބޭއްވެވި ބައްދަލުވުމުގައެވެ.



ރައީސްގެ މި ދޮރުން ދޮރަށް ހިންގެވުމުގެ އިވެންޓްގައި ނިޝާންވެސް ބައިވެރިވެ ރައީސް އަދި އިންމު އާއެކު ފޮޓޯ ނަގާ އޭނާގެ ތާއިދު ސަރުކާރު ކެންޑިޑޭޓަށް އޮތްކަން ވަނީ އިއުލާންކޮށްފައެވެ.

އަންނަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ބާއްވާ މި އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިހާބުގައި ޖުމްލަ 369 ކެންޑިޑޭޓުން ވާދަކުރާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން