ބައިބައި ކުރުމާއި ފިތުނައިން މޮޅު ނަތީޖާއެއް ނުނިކުންނާނެ ކަމަށް ވިދާޅުވެ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސައީދު ކުރީގެ ރައީސް ޔާމީނަށް ރައްދު ދެއްވައިފިއެވެ.
ސަޢީދު މިމޭރުމުން ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް އަށް އެއްވެސް ދިރުމެއް ދޭން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ނުވާކަން ހާމަވަމުންދާ ކަމަށް، އެ ޕާޓީގެ ކުރީގެ ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
ރައީސް ޔާމީނަށް ރައްދު ދެއްވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ ޕީޕީއެމް ކޯލިޝަންގެ ރައީސްގެ ގޮތުގައި ހުންނަވައިގެން ރައީސް ޑރ. މުޢިއްޒު ގެންދަވަނީ ހުއްޓުމެއްނެތި އެތައް ކުރިއެރުމެއް ހޯއްދަވަމުން ކަމަށެވެ.
އެގޮތުން ޤައުމު ބިނާކުރަށްވައި އާ ޒަމާނަކަށް މުހިންމު ގިނަ ކަންތައްތައް ތަންފީޒު ކުރަށްވަމުން ގެންދަވާކަމަށް ސައީދު ވިދާޅުވިއެވެ. އަދި ފިތުނަ އުފައްދައިގެން މޮޅެއް ނުލިބޭނެ ކަމަށްވެސް ސަޢީދު ވިދާޅުވެފައިވެއެވެ.
“ފިތުނައާއި ބައިބައި ކުރުމުން މޮޅު ނަތީޖާއެއް ނުނިކުންނާނެކަން އަބަދުވެސް ދަނީ ހާމަވަމުން.” ސައީދު ވިދާޅުވިއެވެ.
ސައީދު މި ބީދައިން ރައީސް ޔާމީނަށް ރައްދު ދެއްވާފައިވާއިރު ރައީސް ޔާމީން ދާދިފަހުން ވިދާޅުވެފައިވަނީ މިހާރުވެސް ޕީޕީއެމްގެ ދަފްތަރުގައި ތިއްބެވި މަޖިލީހުގެ ދެ މެމްބަރުން ކަމަށްވާ އަހުމަދު ސަލީމާއި އަހުމަދު ޠާރިޤަށް މަޖުބޫރު ކުރުވައިގެން ޕީއެންސީ ނަމުގައި މަޖިލީހަށް ވާދަކުރުވުމަކީ ޕީޕިއެމް ފަސްއަޅާ ވަޅުލަން ސަރުކާރުން ކުރާ މަސައްކަތް ކަމަށެވެ.
އެހެންކަމުން މި ސަރުކާރުން ޕީޕީއެމަށް އެއްވެސް ދިރުމެއް ދޭން ބޭނުން ނުވާކަން ހާމަވާ ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
މި ނޫނަސް ރައީސް ޔާމިން ގެންދަވަނީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީއަށް ހުރަސް އެޅި އެންޓި ކެމްޕޭނަށް ވާގޮތަށް މިފަދަ އެތައް ވާހަކަތަކެއް ދައްކަވަމުންނެވެ.
ރައީސް ޔާމީންގެ މި އަމަލުފުޅުތަކުގެ ފައިދާ ކުރާނީ އިދިކޮޅު ޕާޓީއަށްކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު