ތޭރަ އަހަރުގެ ކުޑަކުއްޖަކު މާލެއިން ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުންގެ ރަސްމީ ފޭސްބުކް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ގެއްލިގެން ހޯދަމުން ދަނީ ހުޅުމާޅެ ފޭސް ދޭއްގައި ދިރިއުޅެމުންދާ 13 އަހަރުގެ, ރ. އިނގުރައިދޫ، ކަނބުރުގެ، ޢާއިޝަތު ޒީވާ ސަޢީދު ކަމަށެވެ.

ޒީވާ ގެއްލިފައިވާ ކަމަށް ރޭ 07:45 އެހައިކަންހާއިރު ރިޕޯޓުކުރުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފަށަައިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ޒީވާ އެންމެ ފަހުން ފެނިފައިވަނީ އިއްޔެ ހަވީރު ހައެއް ޖެހިއިރު އޭނާ ދިރިއުޅޭ އެޕާޓްމަންޓުން ކަމަށާއި އެއިރު އެކުއްޖާ ލައިގެން ހުރީ ބެއިޖް ކުލައިގެ ޓޮޕަކާއި ހަމަ އެކުލައިގެން ޕޮކެޓް ޖިންސެއްކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.

"ޢާއިޝަތު ޒީވާ ސަޢީދުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން" ފުލުހުން ކުރި އިއުލާންގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން