ސީރިއާގެ ވެރިރަށް ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޑިޕްލޮމެޓިކް ފެސިލިޓީތަކަށް މިފަދަ ހަމަލާތައް އަމާޒުކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށާއި، ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ޑިޕްލޮމެޓިކް ތަންތަނުގެ ރައްކާތެރިކަން ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ޔަހޫދީންގެ މި ހަމަލާގައި އީރާނުގެ އަސްކަރިއްޔާގެ 7 މުޝީރުންނާއި އިސް 3 ކޮމާންޑަރުން ޝަހީދުކޮށްލާފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި އީރާނުގެ ހާރިޖިއްޔާގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއްވެސް ޝަހީދު ކޮށްލާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެހެންކަމުން ސަރުކާރުން ވަނީ މި ހާދިސާގައި ޝަހީދުވި މީހުންގެ އާއިލާތަކުގެ މެންބަރުންނަށާއި އަނިޔާލިބުނު އެންމެންނަށް ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިހުލާސްތެރި ތައުޒިޔާ ފޮނުވާފައެވެ.
އީރާނުން އދ އަށް ކަނޑައަޅާފައި ހުންނަ މިޝަން އިން ބުނީ މި ހަމަލާއަކީ އދގެ ޗާޓަރާއި ބައިނަލްއަގްވާމީ ގާނޫނުތަކާއި ޑިޕްލޮމެޓިކް އަދި ކޮންސިއުލާ ތަންތަނުގެ ގަވާއިދާ ހިލާފު އަދި އަސާސީ އުސޫލާ ވެސް ހިލާފު ހަމަލާއެއް ކަމަށެވެ.
މި ހަމަލާގައި އެނެކްސް އިމާރާތް ވަނީ އެއްކޮށް ހަލާކުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު