މާލޭގައި ގުރޫޕަކުން މީހަކު ކިޑްނެޕްކޮށް މާރާމާރީ ހިންގާ ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ މާލެއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ މީހެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އާއި އިތުރު ބަޔަކު ބައިވެރިވެރިވެގެން މީހަކު ގެޔަކަށް ގެންގޮސް ވަނީ ކިޑްނެޕް ކޮށްފައެވެ. އަދި އެއަށް ފަހު، މާރާމާރީ ހިންގައި އިތުރު ކުށްތަކެއް ވެސް ކުރި ކަމަށް، ފުލުހުން ބަންދު އަޑުއެހުމުގައި ބުނެފައިވެއެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހާއަށް، ​ފޭރުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރު ދެއްކުމާއި މާރާމާރީ ހިންގުމާއި އަދި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފައެވެ.

ކިޑްނެޕް ކުރުމުގެ މި އަމަލު ހިންގީ ކޮން އިރަކު ކަމެއް ނުވަތަ އެ މީހާގެ އަތުން ފޭރިގަތީ ކޯޗެއް ކަމެއް ކޯޓު އަމުރުން އެނގޭކަށް ނެތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން