މި ސަރުކާރުން މަސައްކަތް ކުރަމުންދާނީ ހަލުވި ސްޕީޑުގައި ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށްކަމަށާއި މި ސަރުކާރަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުފަދަ ސްލޯ ސަރުކާރަކަށް ނުވާނެކަމަށް ޕީއެންސީގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕީއެންސީން ވަމުންދާ ތައްޔާރީތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހީނާ ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ އެންމެ ސިކުންތެއް ވެސް މަޑުނުކުރައްވާ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކަމަށެވެ.

ހީނާ ވިދާޅުވީ، މި ސަރުކާރުން ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް ފަސް ނުޖެހޭނެ ކަމަށާއި، ރައީސް މުއިއްޒުގެ ސަރުކާރަކީ ވަރަށް ފާސްޓް ސްޕީޑުގައި ކުރިއަށްދާން ބޭނުންވާ ސަރުކާރެއްކަމަށެވެ.

"ރައީސް މުއިއްޒަކީ އެންމެ ސިކުންތެއްވެސް ބޭކާރުކޮށްނުލައްވާ ވަރަށް ހަލުވި ސްޕީޑުގައި ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ރައީސެއް. އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުހެން ސްލޯކޮށް މި ސަރުކާރު ނުދާނެ." ހީނާ ވިދާޅުވިއެވެ.

ސަރުކާރުން ރަށްރަށުގެ ތަރައްގީއަށް އެއްވެސް ކަމެއް ނުކޮށްދޭކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަށް ރައްދުދެއްވަމުން ހީނާ ވިދާޅުވީ، މި ސަރުކާރު އައިސް، ކުރިން ހުއްޓިފައިވާ އެތައް މަޝްރޫއެއް ވާނީ ފަށާފައިކަމަށެވެ. އަދި އެ ކަންކަމުގެ ހިސާބުތައް ރައީސް ވަނީ އަދަދުތަކުން ރައްޔިތުންނަށް ވިދާޅުވެދެއްވާފައި ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން