އިރާނުން ޑްރޯން އާއި މިސައިލް ބޭނުން ކޮށްގެން އިސްރާއީލަށް ދިން ހަމަލާގެ ބަދަލު ހިފާނޭ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ބުނެފިއެވެ.

މިހެން ބުނެފައިވަނީ އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބޭއްވި ހަނގުރާމައިގެ ކެބިނެޓް ބައްދަލުވުމަކަށް ފަހުގައެވެ. އިރާންގެ ހަމަލާގައި ގެއްލުންތަކެއް ލިބިފައިވާ ނެވަޓިމް ވައިގެ މަރުކަޒުގައި ދިން ބަސްދީގަތުމެެއްގައި އިސްރާއީލުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ހާރޒީ ހަލަވީ ބުނީ އެހާ ބައިވަރު ޑްރޯން އާއި މިސައިލް ބޭނުން ކޮށްގެން އިސްރާއީލަށް ދިން ހަމަލާގެ ބަދަލު ހިފާނޭ ކަމަށެވެ. ބަދަލު ހިފާނޭ ގޮތުގެ ތަފްސީލެއް އޭނާ ދީފައެއް ނުވެއެވެ.

އެމެރިކާހެ ރައީސް ޖޯ ބައިޑެން އިސްރާއިލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކެއްގައި ބައިޑެން ވިދާޅުވެފައިވަނީ އިސްރާއީލުން ބަދަލަ ހިފުމުގެ ހަމަލާއެއް ދޭ ނަމަ، އޭގައި އެމެރިކާއިން ބައިވެރި ނުވާނޭ ކަމަށެވެ. ވައިޓް ހައުސްގެ ގައުމީ ސަލާމަތާއި ބެހޭ ތަރުޖަމާނު ޖޯން ކާރބީ ވިދާޅުވީ އިރާންއާއިއެކު ހަނގުރާމައެއް ކުރާތަން ދެކެން ބޭނުން ނުވާކަމަށެވެ. އަދި ސަރަހައްދީ ހަނގުރާމައެއް ދެކެން ބޭނުން ނުވާކަމަށެވެ.

މި މަހުގެ 1 ވަނަ ދުވަހު ސީރިޔާގައި ހުންނަ އިރާންގެ އެމްބަސީއަށް ދިން ހަމަލާގެ ބަދަލު ހިފާނޭކަމަށް އިރާނުން ދިޔައީ ބުނަމުންނެވެ. އިސްރާއީލުން އެ ހަމަލާގެ ޒިންމާ ނުނެގިޔަސް، ރިޕޯޓުތަކުން ދައްކާ ގޮތުގައި އެ ހަމަލާ ދިނީ އިސްރާއީލުންނެވެ. އިސްރާއީލުން ދިން ހަމަލާގައި އިރާންގެ ރެވޮލޫޝަނަރީ ގާރޑުގެ 7 ސިފައިން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 2 ޖެނެރަލުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން