އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ފުނަދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އިސްމާއީލް ހަމީދު، އެ ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ މަމްދޫހު ޔޫނުސް އަށް ތާއީދު ކުރަން ނިންމަވައިފި އެވެ.
މަމްދޫހުއަށް ތާއިދުކުރައްވައި ހަމީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުނަދޫ ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް އެންމެ ފަހިގޮތަކީ ސަރުކާރު ހިންގާ ޕާޓީން ރައްޔިތުންގެ މަޖިލީހުގައި ފުނަދޫ ދާއިރާ ތަމްސީލުކުރަން ކަމަށް ފެންނާތީ ޕީއެންސީ ކެންޑިޑޭޓަށް ތާއިދުކުރަން ނިންމީ ކަމަށެވެ.
"ވީމާ އަޅުގަނޑަށް ތާއިދުކުރައްވާ އަދި ހެޔޮ އެެދިލައްވާ ދާއިރާގެ އެންމެހާ ރައްޔިތުން ކެނޑިޑޭޓް ނަންބަރު 5 މަމްދޫހަށް ވޯޓު ދެއްވުން އެދެމެވެ."
ފުނަދޫ ދާއިރާ މިހާރު ތަމްސީލުކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ މެެމްބަރު މުހައްމަދު ޝާހިދު އެވެ. ނަމަވެސް އޭނާ މިފަހަރުގެ އިންތިހާބަށް ކުރިމައްޗެއް ނުލައްވަ އެވެ. އެ ދާއިރާއަށް އެމްޑީޕީން މި ފަހަރު ވާދަ ކުރައްވަނީ ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު އެވެ.

ކިޔުންތެރިންގެ ހިޔާލު