ބާރު ގުގުރިއާއެކު މާލެ އަށް ހޮނު އަޅާ ބައެއް ސަރަހައްދުތަކުން މިރޭ ކަރަންޓް ކެނޑިއްޖެ އެވެ.

މިރޭ ދިހައެއް ޖެހި ފަހުން ކުއްލި ގޮތަކަށް ބޯކޮށް ވާރޭވެހެން ފެށުމަށްފަހު މާލޭ ސިޓީ އަށް ބާރުގަދަ ގުގުރި އެއް ޖަހާފައިވަނީ 22:27 އާއި 22:29 އާއި ދެމެދު ގައެވެ. ގުގުރި އާއެކު މައްޗަންގޮޅީގެ ސަރަހައްދަކަށް ވަނީ ހޮނު އަޅާފައެވެ. އެސަރަހައްދުން މިހާރު ވަނީ ކަރަންޓްވެސް ކެނޑިފައެވެ.

ސްޓެލްކޯ އިން ވެސް ބުނީ މައްޗަންގޮޅީގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދަށް ހޮނު އެޅި ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް ސްޓެލްކޯ އިން މައުލޫމާތުދެއެވެ. ސްޓެލްކޯ އިން ބުނީ ކަަރަންޓް ދިނުމަށް ކުރަން ޖެހޭ މަސައްކަތް އެ ކުންފުނިން މިހާރު ފަށާފައިވާ ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމަށް އަދި ރިޕޯޓުކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން