ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާއަށް ކުޑައިމީސް ވާގޮތަށް ދެއްކެވި ވާހަކަތައް ދެން ތަކުރާރުނުވާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ދެއްވައިފި އެވެ.
ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޒަމީރު މިހާރު ހުންނެވީ އިންޑިއާގަ އެވެ.
އަދި އެ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން ޑެޕިއުޓީ މިނިސްޓަރުންނާ ގުޅޭ ގޮތުން ވެސް ސުވާލު އަމާޒުވި އެވެ.
ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްވާގޮތަށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކާ ގުޅިގެން އެ ތިން ބޭފުޅުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ތިބީ ސަސްޕެންޝަންގަ އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ޒަމީރު އިންޑިއާގެ އޭއެންއައި ނިއުސްއަށް ވިދާޅުވީ އެކަން އެގޮތަށް ހިނގައިގެން ނުވާނެ ކަމަށާއި އަދި އެ ބޭފުޅުން ދެއްކެވި ވާހަކަތަކަކީވެސް ސަރުކާރުން ދެކޭ ގޮތް ނޫން ކަމަށެވެ.
އެހެންވެ އެކަން ދެން ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އަޅާފައިވާ ކަަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ޖެހުނު މައްސަަލައަކީ އުފެދުނު އޮޅުމެއް ކަމަށެވެ.
"އެކަން ހިނގައި ދިޔަ ގޮތް މިހާރު ވަނީ ސާފުވެފައި އަދި ކުރިން ހިނގިކަންކަން މިހާރު އޮބިއްޖެ." މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު