ރަފާ ބޯޑަރުގައި ޣައްޒާއަށް ނުވަދެވި އެހީގެ ޓްރަކްތައް ތާށިވެއްޖެއެވެ.

ރަފާ ބޯޑަރުގައި ތާށިވެފައިވާ ޓްރަކެއްގެ ޑްރައިވަރަކު ބުނިގޮތުގައި ގިނަ ޓްރަކްތަކަކީ ފްރިޖް ހުންނަ ޓްރަކްތަކަށް ވާއިރު މައްސަލައެއް ދިމާވެއްޖެނަމަ ހައްލުކުރަން ދަތިވާނެ ކަމަށެވެ. އަދި މި ގޮތަށް ތާށިވެފައި ތިބެން ޖެހޭނެ މުއްދަތެއް ނޭނގޭތީ ކާބޯތަކެތި ހަލާކުވުމުގެ ފުރުސަތު ބޮޑު ކަމަށް އޭނޭ ބުންޏެވެ.

އެހީ ފޯރުކޮށްދޭ އ.ދ ގެ ޖަމިއްޔާތަކުން ބުނާ ގޮތުގައި ބޯޑަރުތައް ބަންދުވުމުން އެހީގެ އޮޕަރޭޝަންތަކަށް ހުއްޓުން އަންނާނެއެވެ. އަދި ހޮސްޕިޓަލްތަކުގެ މަސައްކަތަށް ބޭނުންވާ ސާމާނާއި ތެޔޮ ނުލިބުމުން ހޮސްޕިޓަލްތައް ބަންދު ކުރަންޖެހުމުގެ ބިރު އެބައޮތްކަމަށް ބުނެފައި ވެއެވެ.

އިސްރާއީލުން ވަނީ ރަފާ ބޯޑަރު ސަރަހައްދު ހިފައި ރަފާ އަދި ކަރެމް ޝަލޮމް ބޯޑަރު ބަންދު ކޮށްފައެވެ. ފަލަސްތީނަށް އެހީ ފޯރުކޮށްދޭ އ.ދ ގެ ޔޫ.އެން.އާރް.ޑަބަލިޔު.އޭ ގެ ހިސާބުތަކުން ދައްކާ ގޮތުގައި ރަފާ ބޯޑަރުން 1276 ޓްރަކް އަދި ކަރެމް ޝަލޮމް ބޯޑަރުން 4395 ޓްރަކް ވަނީ އޭޕްރިލް މަހުގައި ވަދެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން