މައިންނަށް އޮންނަންޖެހޭ ލޯބި އަސަރު ގަދަ ޅެންބައިތަކުން ވިދާޅުވެދެއްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިނަލްއަގްވާމީ މަންމައިންގެ ދުވަހުގެ ޝުޢޫރުތައް ހިއްސާކުރައްވައިފި އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މަންމައިންގެ ދުވަހާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ވަނީ މަރުހޫމް ޔޫސުފް މުހައްމަދު ފުޅުގެ ޅެން ބައިތެއް ހިއްސާ ކުރައްވައިފަ އެވެ.
ރައީސް މުއިއްޒު ހިއްސާކުރެއްވި މި ޅެންބައިތަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ޅެމެއްގެ ބައިތެކެވެ. މި ޅެމަށް އިތުރު ފުރިހަމަކަމެއް ގެނުވައިދީ ދިވެހިންގެ ހިތްތަކާ ކުޅެލީ މަޝްހޫރު ލަވަކިއުންތެރިޔާ މަރްހޫމް އިބްރާހީމް ހަމްދީ ލަވައެއްގެ ގޮތުގައި އެޅެން ވިދާޅުވެ އާންމުންގެ ތެރެއަށް ދޫކޮށްލެއްވި ހިސާބުންނެވެ.
"ލޯބީގެ ނަމަކީ މަންމާ
ނޫރަކީ ލޮލަކީ މަންމާ
ދިރުމޭ ހަޔާތްތީ މަންމާ
ދޭނީ މި ނަފްސާއި ޖާން" ރައީސް ހިއްސާ ކުރެއްވި ޅެންބައިތުގައި ވެއެވެ.
މަންމައިންގެ ދުވަހާ ގުޅިގެން ގިނަ ބަޔަކު މިއަދު ދަނީ މަންމައިންނަށް ހެޔޮ އެދުންތައް ފޮނުވަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު