މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ފުރުސަތު ލިބުނު މުވައްޒަފުންނަށް ހައްޖު ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.

އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި އަހަރު އެ ކުންފުނީގެ ހަރަދުގައި ހައްޖަށް ދިއުމުގެ ފުރުސަތު ލިބުނު ފަސް މުވައްޒަފުންނާއި އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް ވަނީ ބައްދަލުކުރައްވައިފައެވެ. އަދި ހައްޖު ދަތުރު ލިބުނު މުވައްޒަފުންނާއި ވާހަކަދައްކަވަމުން ވަޖީހް ވަނީ އެމުވައްޒަފުންނަށް މަރުހަބާ ދަންނަވައި، މަބްރޫރު ހައްޖަކަށް އެދިވަޑައިގެންފައެވެ.



މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަކީ:



1. އިލްޔާސް މުޙައްމަދު – އެސިސްޓަންޓް އެގްޒެކެޓިވް

2. އަޙްމަދު ރަޝާދު – ސްޕެޝަލިސްޓް އިންޖިނިއަރ

3. އަޙްމަދު އުންމީދު – ސަރވިސް އިންޖިނިއަރ

4. މުޙައްމަދު ނަބީލް – އޮޕަރޭޝަންސް އެގްޒެކެެެޓިވް

5. ޒަކަރިއްޔާ އިބްރާހިމް – ލީޑް އެގްޒެކެޓިވް



އެމް.ޕީ.އެލްގެ ހައްޖާއި އުމްރާ ޕޮލިސީގެ ދަށުން ކޮންމެ އަހަރަކުވެސް ފަސް މުވައްޒަފުން ހައްޖުގެ އަޅުކަން އަދާކުރުމަށް އަދި ތިން މުވައްޒަފުން އުމްރާގެ އަޅުކަމަށް ކުންފުނީގެ ހަރަދުގައި ފޮނުވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން