ބަނޑޭރި ކޮށިި އެޕަރޓްމެންޓެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިފައިވަނީ 30 އަހަރުގެ ފިރިހެެނެއްކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ މަރުވެފައި އޮތް މީހާ ފެނުނީ، ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބަނޑޭރި ކޮށިި އެޕަރޓްމެންޓެއް ބަލާ ފާސްކުރަމުންދަނިކޮށް ކަމަށާއި އެ މީހާއަކީ 30 އަހަރުގެ ދިވެހި ފިރިހެނެއްކަން މިހާތަނަށް ހޯދި މައުލޫމާތު ސާފުވެފައިވާކަމަށެވެ.

ފުލުހުންގެ ސްޕޯކްސްޕާސަން އަޙްމަދު ޝިފާން މިރޭ ވިދާޅުވީ އެ މީހާ މަރުވެފައި އޮއްވާ ފެނުނީ މިހާރު ބޭނުންނުކޮށް ފަޅަށްހުރި އެޕާޓުމަންޓަކުންކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

އަދި މިކަމާގުޅޭ އިތުރު މައުލޫމާތު ފުލުހުން ހޯދަމުންދާކަމަށާއި މައުލޫމާތު ލިބޭ މިންވަރަކުން ހާމަކުރަމުން ގެންދާނެކަމަށް ޝިފާން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން