އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށައެޅި ކުއްލި މައްސަލައަށް ތާއީދުކުރަން ދިވެހި ސަރުކާރުން ނިންމައިފިއެވެ.

މި މައްސަލައަށް ތާއީދުކުރަން ނިންމާފައިވަނީ "ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް" އާއި އިސްރާއީލުން ހިލާފްވާތީކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ވެއެވެ. އަދި ދެކުނު އެފްރިކާއިން 10 މެއި ގައި އައި.ސީ.ޖޭ އަށް ހުށައަޅާފައިވާ ކުއްލި މައްސަލައަށް ފުރިހަމައަށް ތާއީދު ކުރާކަމަށްވެސް ބަޔާނުގައި ވެއެވެ.

ރައީސް މުއިއްޒު ވަނީ އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލާ ބައިނަލަގްވާމީ ގާނޫނުތަކަށް ތަބާވުމަށް ގޮވާލާފައެވެ. އަދި ފަލަސްތީނަށް މިނިވަންކަން ލިބި ދައުލަތެއްގެ ހައިސިއްޔަތު ލިބުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނޭކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ދިވެހި ރާއްޖެއަކީ އަބަދުވެސް ފަލަސްތީނުގެ ހައްގުގައި ބައިނަލަގްވާމީ މަންސަތަކުގައި ވަކާލުތުކޮށް އަޑުއުފުލާ ގައުމެކެވެ. ދިވެހިން އެކި ގޮތްގޮތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އަބަދުވެސް މަސައްކަތް ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން