ކުޅުދުއްފުށީގެ ކޮންމެ ސްކޫލަކަށް އެ ސިޓީގެ ކައުންސިލުން އެއް ލައްކަ ރުފިޔާ ދީފި އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ މިއީ އެ ރަށުގެ ސަރުކާރު ތިން ސްކޫލަށް މި އަހަރު ދިނުމަށް ކަނޑައަޅާފައިވާ "ސްކޫލް ގްރާންޓް" ގެ ދަށުން ދިން އެހީއެއް ކަމަށެވެ.

އެގޮތުން އެ ގްރާންޓަށް ހުޅުވާލުމުން ސުކޫލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ހިމެނޭކަންކަން ހާސިލް ކުރުމަށް ކޮންމެ ސުކޫލަކަށް 100،000 ރުފިޔާ ލިބިގެންދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އެ ގްރާންޓްގެ މަގްސަދަކީ ކުޅުދުއްފުށީގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސުކޫލްތަކުގެ ވަސީލަތްތައް ތަރައްޤީކުރުމާއި، ދަރިވަރުންގެ ކުރިއެރުމަށް ސްކޫލްތަކުން ހިންގަމުންއަންނަ ހަރަކާތްތަކަށް އެހީތެރިވުމާއި، އަދި ސްކޫލްތަކުގެ ޕީ.ޓީ.އޭ އިން ސްކޫލްގެ ތަރައްގީއަށް ފަންޑް ހޯދުމަށް ކުރަމުންއަންނަ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މި ފަހަރު އެ ގްރާންޓް ލިބުނީ ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރުކަޒު، އަފީފުއްދީން ސްކޫލް އަދި ޖަލާލުއްދީން އަށެވެ.

ކުޅުދުއްފުށީގެ ސިޓީ ކައުންސިލުން 2022 ވަނަ އަހަރު ވެސް ކޮންމެ ސްކޫލަކަށް 50،000 ރުފިޔާގެ ގްރާންޓެއް ދިނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން