ކ. ގުޅިފަޅު ހިއްކުން މަޑުޖައްސާލަން ހައިކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފި އެވެ.

ކުރީ ސަރުކާރުން ގޯތި ދޫކުރުމަށް ނިންމާފައިވާ ގުޅީފަޅު މަސައްކަތް ހުއްޓާލުމުގެ ވަގުތީ އަމުރެއް ނެރެފައިވަނީ ހައިކޯޓުންނެވެ. އެކޯޓުން އަމުރު ނެރެފައިވަނީ އެތަން ހިއްކަނީ ތިމާވެށްޓަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ބުނެ އެ މަޝްރޫއު ހުއްޓުވަން އަމިއްލަ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ އަމުރާ ގުޅިގެން ދައުލަތުން ވަނީ އެ އަމުރަށް އަމަލުކުރުން ފަސްކޮށްދޭން ސުޕްރީމް ކޯޓުގައި އެދިފައެވެ. ދައުލަތުން އެދުނު ގޮތަށް މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އެ އަމުރު ނެރެފައެވެ.

ހައިކޯޓުން ނެރުނު އަމުރު ބާތިލް ކޮށްދޭން ދައުލަތުން ހުށައެޅި މައްސަަލަ ބެލުމަށްފަހު ސްޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ ހައިކޯޓުން އެ އަމުރު ނެރެފައިވަނީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ކަމަށާއި އެހެންކަމުން އެ ވަގުތީ އަމުރު ބާތިލުކުރާ ކަމަށެވެ.

ސްޕްރީމް ކޯޓުން މިގޮތަށް ހުކުމްކޮށްފައިވާއިރު ގުޅީފަޅުގެ ބިން ހިއްކާ މިހާރު ވަނީ ނިމިފައެވެ. ހައުސިން މިނިސްޓްރީން ބުނީ މި މަޝްރޫއުގައި 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި އަޅާފައިވާ ކަމަށެވެ.

ކުރީ ސަރުކާރުން ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ގުޅީފަޅުގެ ބިމުން، އިތުރު ބައެއް ހިއްކުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ކުރިން ހިއްކަން ނިންމާފައިވާ ވަރަށް ވުރެ އިތުރަށް 85 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާ ކަމަށް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މިދިޔަ ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން 2000 ގޯތި ގުޅީފަޅުން ދޭން ވަނީ ނިންމާފައެވެ. ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްެރޫއަކީ 2 ބިލިއަން ރުފިޔާގެ މަޝްރޫއެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން