ހުޅުމާލޭގައި ޕާކްކޮށްފައި އޮތް ވެހިކަލަކުން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ސަހަރާ ކުރިމަތީ މަގުގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގެ ތެރޭގައި މީހަކު ހަބަރު ހުސްވެފައި އޮއްވާ ފެނިގެން އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން ބުނީ ވެހިކަލް ތެރޭ މަރުވެފައިއޮއްވާ ފެނުނީ ބިދޭސީ ފިރިހެނެއްކަމަށެވެ.

މިހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން