ސްލޮވާކިއާގެ ބޮޑު ވަޒީރު ރޮބާޓް ފީކޯ އަށް ބަޑީގެ ހަމަލާއެއް ދީފިއެވެ.

މި ހަމަލާ ދީފައިވަނީ ސްލޮވާކިއާގެ ހަންޑްލޯވާގެ ހައުސް އޮފް ކަލްޗަރގައި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކާއި ބައްދަލުކުރައްވުމަށްފަހު ނުކުމެވަޑައިގަތް ވަގުތުއެވެ. މައުލޫމާތު ލިބޭ ގޮތުގައި ހަތަރު ފަހަރު ފީކޯ ގަޔަށް ވަނީ ބަޑި ޖަހާފައެވެ. އާންމުވެފައިވާ ވީޑިއޯގައި ފެންނަ މަންޒަރުގައި ހަމަލާދިނުމާއެކު ފީކޯގެ ބޮޑީގާޑުން ފީކޯ އެ ސަރަހައްދުން ގެންދާ މަންޒަރު ފެނެއެވެ.

މިހަމަލާ އާއި ގުޅިގެން ފީކޯއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދެމުންދިޔަނަމަވެސް މިވަގުތު އެމަނިކުފާނުގެ ހާލަތާއި ބެހޭ މައުލޫމާތެއް އާންމު ކޮއްފައެއް ނުވެއެވެ.



ރިޕޯޓުތައް ބުނާގޮތުން މިހަމަލާ އާއި ގުޅިގެން މީހަކު ވަނީ ހައްޔަރު ކުރެވިފައެވެ. ނަމަވެސް ފުލުހުން އިތުރު ތަފްސީލެއް ހާމަކޮށްފައެއްނުވެއެވެ.

ސްލޮވާކިއާގެ ރައީސް ޒުޒާނާ ކަޕުޓޯވާ ވަނީ މި ހަމަލާ ހަރުކަށި އިބާރަތުން ކުއްވެރިކޮށް ފީކޯއަށް އަވަސް ޝިފާ އަކަށް އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން