ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިރުޝާދު ދީފިއެވެ.

އެންޑީއެމްއޭއިން މިއަދު ވަނީ ވިއްސާރަވެ ވައިގަދަވާއިރު، ގޭގެ ފުޅާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ކުރިއާލާ ވާ ޖަހައި ފުރާޅާއި، ގަދަވައިގައި އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރި ކުރަން އިލްތިމާސް ކޮށްފައެވެ.

އެގޮތުން ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެދާނެ ކަމަށް ބަލައި ތައްޔާރުވެ، ގޭގެ ދޮރުމަތީގައި ވެލިބަސްތާ ޖެހުމާއި، ގެއަށް ފެން ވަދެއްޖެ ނަމަ ގެއްލުން ލިބޭނެ ތަކެތި އުސްތަނަކަށް ނުވަތަ ފެނުގެ އަސަރު ނުކުރާނެ ތަނަކަށް ބަދަލުކުރަން އެންޑީއެމްއޭއިން ވަނީ އިރުޝާދު ދީފައެވެ. އަދި ބޭނުން ނުކުރާ ވަގުތުތަކުގައި ކަރަންޓު ސާމާނު ނިއްވާފައި ބެހެއްޓުމަށް ވެސް އެއިދާރާއިން ވަނީ އިލްތިިމާސްކޮށްފައެވެ.

މެޓު އޮފީހުން މިއަދު ވަނީ މާދަމާ ރެއިން ފެށިގެން ހުޅަނގު މޫސުމުގެ އަސަރު ގަދަވާނެ ކަމަށް ލަފާކޮށްފައެެވެ. އެގޮތުން މި ގަދަ ކުރިއަށް އޮތް ފަސް ދުވަހަށް ދިގުދެމިގެންދާނެ ކަމަށާއި ރާއްޖޭގެ ހުރިހާ ސަރަހަށްދަކަށް ވައިބާރުވެ، ކަނޑުތައް ވަރަށް ގަދަވެ، ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

އެގޮތުން އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދު ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން