ރާއްޖެއިން ފަލަސްތީނުގެ ހައްގުގައި ކުރާ މަސައްކަތަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވޭންގް ލީ ޖިންގް ތައުރީފް ކުރައްވައިފި އެވެ.

ސަފީރު ވިދާޅުވީ ދުނިޔޭގެ ހުރިހާ އެންމެންގެ ސުލްހަވެރިކަމާއެކު ފާގަތި ދިރިއުޅުމެއް ފަލަސްތީނުގެ ރައްޔިތުންނަށް އުޅެވިދާނެ ކަމަށެވެ. ހަމަ އެހެންމެ އެކަމުގައި ރާއްޖެއަށް ވެސް މުހިންމު އަދި މިހާރަށް ވުރެ ފުޅާ ދައުރެއް އަދާ ކުރެވިދާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ސަފީރު ވިދާޅުވީ ފަލަސްތީނުގެ މީހުންނަށް އިންސާފު ހޯދަން ރާއްޖެއިން ވަރަށް ރަނގަޅު ދައުރެއް އަދާކުރަމުންދާ ކަމަށެވެ.

ހަމަ އެހެންމެ ބައިނަލްއަގުވާމީ ހަމަޖެހުން ގާއިމުކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން އަތުކުރި އޮޅާލަން ވެސް ޖެހޭ ކަމަށް ސަފީރު ވިދާޅުވިއެވެ.

ރާއްޖެއިން ފަލަސްތީނުގެ ހައްގުގައި ކުރާ މަސައްކަތްތަކަށް ސަފީރު ތައުރީފް ކުރެއްވި އިރު ޗައިނާއިން ވަނީ ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގެންފަ އެވެ.

އަދި ރާއްޖެއެކޭ އެއްފަދައިން އިސްރާއިލުން ޣައްޒާއަށް ދެމުންގެންދާ އަނިޔާވެރި ހަމަލާތައް ޗައިނާއިން ދަނީ ވަރަށް ބޮޑަށް ކުށްވެރިކުރަމުން ނެވެ. އަދި ހަމަލާތައް ހުއްޓާލަން ޗައިނާއިން ވަނީ ގޮވާލައިފަ އެވެ.

ރާއްޖެއަކީ ފެށުނީއްސުރެވެސް ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރަމުންދާ ގައުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން