ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި ދިވެހި ބަސް ނޭނގޭތީ ތަރުޖަމާނެއް ހަމަޖައްސައިދިން ދިވެހި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

އުމުރުން 29 އަހަރުގެ ހަސަން އަޖުއާން ހައްޔަރުކުރީ ބިރުދެއްކުމާއި މުދަލަށް ގެއްލުން ދިނުމުގެ މައްސަލައެއްގަ އެވެ.

ނަމަވެސް ކޯޓުގައި އޭނާ ބުނީ ދިވެހި ނޭނގޭކަމަށެވެ. އަދި ތަރުޖަމާނެއް ހަމަޖައްސައިދިނުމަށް އެދުމުން އެކަން ކޯޓުން ވަނީ ކޮށްދީފަ އެވެ.

ފުލުހުން ބުނީ އޭނާގެ ބަންދަށް މިހާރު 30 ދުވަސް ޖަހާދީފައިވާ ކަމަށެވެ.

އަދި އޭނާ އެދުނު ގޮތަށް ތަރުޖަމާނެއް ހަމަޖައްސައިދީފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

އޭނާއަށް ތަރުޖަމާނެއް ހަމަޖައްސައިދިނީ ދިވެހި ބަހުން ކޮން ބަހަކަށް ތަރުޖަމާ ކޮށްދިނުމަށް ކަމެއް އަމުރުގައި ބުނެފައެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި އެއީ އިނގިރޭސި ބަހަށެވެ.

ފަހަކަށް އައިސް ގިނަ ދިވެހި ކުދިން މުޅިންހެން އިނގިރޭސި ބަހުން މުއާމަލާތްކޮށް އުޅޭ މައްސަލަ ފާހަގަވެފައި ވާއިރު އެފަދަ ކުދިންނަށް ދިވެހި ބަސް ރަނގަޅަށް ނޭނގޭ މައްސަލަ ދަނީ ފެންމަތިވަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން