އިނގިރޭސިން ވާހަކަ ދެއްކުމުގެ ހުނަރު ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލަށް ދަސްކޮށްދެއްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.

މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތް ފަހުން ފައިސަލް ރަސްމީ އެކިއެކި ހަފްލާތަކުގައި އިނގިރޭސި ބަހުން ވާހަކަ ދައްކަވާ ގޮތަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާއިރު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފައިސަލް ވަނީ އޭނާގެ ވާހަކަ ދެއްކެވުމުގެ ކުޅަދާާނަކަން ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

އެ ފާޑުކިއުންތައް ބަލައިގަނެ އެކަން ރަނގަޅު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އިރު އެކަން ކުރައްވާނީ ކޯޗެއް ހޯއްދަވައިގެން ކަަމަށް ވެސް ވިދާޅުވި އެވެ.

އެ ވާޙަކަތަކާ ގުޅިގެން ރައީސް ނަޝީދު އެކްސްގައި ވިދާޅުވީ އެ ވަޒީފާއަށް ޝައުގުވެރިކަން އެބަހުންނެވި ކަމަށެވެ.

އެހެން ނަމަވެސް އެމަނިކުފާނުގެ އެހީތެރިކަން ހޯއްދަވަން ފައިސަލް ޖެހޭނީ ގާނާގެ ވެރިރަށް އަކްރާއަށް ވަޑައިގަންނަވަން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު ފުރުއްވަމުން ގެންދަވާތީ ރައީސް ނަޝީދު ގާނާއަށް ދިރިއުޅުން ބަދަލުކުރެއްވިތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން