ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ އެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ތ. މަޑިފުށި / ނައިޓްރޯސް، ޢާއިޝަތު ޒޯޔާ ފިކުރީ (14އ) (މިހާރު ދިރިއުޅޭ އެޑްރެސް ވ. ނާލިސް) އެވެ.

އަންހެން ކުއްޖާގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނީ އޭނާ އެންމެ ފަހުން ފެނުނީ މި މަހުގެ 21 ވަނަ ދުވަހު އޭނާ ދިރިއުޅޭ ގެއިން ކަމަށެވެ.

ފުލުހުން މިއަދު ބުނީ އޭނާ މިހާރު މާލެއިން ފެނިފައިވާ ކަމަށެވެ. އަދި ހާލު ރަނގަޅު ކަމަށެވެ.

"ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަންދަނީ ބަލަމުން." ފުލުހުން ބުނެއެވެ.

އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން