ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި އެވެ.

ނިމިގެން ދިޔަ ދިރާސީ އަހަރު ނިންމައި ބޮޑު ޗުއްޓީ ފެށީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އަދި އާ ދިރާސީ އާ އަހަރު ފެށީ މިއަދު އެވެ.

ނަމަވެސް މި ދުވަސްވަރު މޫސުން ގޯސްކަމުން ފުރަތަމަ ތިން ދުވަހު ކިޔަވައިދޭން ނިންމާފައިވަނީ އެންމެ ތިން ގަޑިއިރު އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބަށް ބަލާލާއިރު މި އަހަރު 96،000 ދަރިވަރުން ކިޔަވާނެ އެވެ. އެއީ 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުންނެވެ.

މި ދިރާސީ އާ އަހަރު ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ތެރެއިން 17،000 ދަރިވަރުންނަކީ މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނެވެ. އަދި، އަމިއްލަ މަދަރުސާތަކުގައި 13،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާނެ އެވެ.

މި ފަހަރު މާލޭ ސަރަހައްދުން އެކަނިވެސް ގްރޭޑް އެކަކަށް 2،250 ދަރިވަރުން އަލަށް ސްކޫލަށް ވަދެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން