އާޓީފިޝަލް އިންޓެލިޖެންސް ނުވަތަ އޭ އައި ބޭނުންކޮށްގެން ކިޔަވައިދިނުމަށް ޓީޗަރުން އަހުލުވެރިކުރަން ނިންމާފައިވާ ކަމަށް އެޑިއުޚޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރު މިއަދު ފެށުމާ ގުޅިގެން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ ވިދާޅުވީ ދުނިޔެ މިހާރު މިވަނީ ޓެކްނޮލޮޖީގެ ބޮޑު ބަދަލަކަށް މިސްރާބު ޖަހައިފައި ކަމަށެވެ. އެހެންކަމުން ތަރައްގީގެ މައިދާނުގައި ދިވެހިރާއްޖޭގެ މުސްތަގުބަލުގެ ޖީލު ބައްޓަން ކުރަން ވާނީ ޓެކްނޮލޮޖީއަށް އަހުލުވެރި، ކުރިއެރުމަށް ލޯބިކުރާ، އިސްލާމީ މަތިވެރި އަގުތައް އަށަގަނެފައިވާ ބައެއްގެ ގޮތުގައި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެހެންކަމުން އެކަމުގައި މިހާރު ދުނިޔޭގައި އެންމެ ބޮޑަށް ކުރިއަރަމުންދާ އާޓީފިޝަލް އިންޓެލިޖެންސް ބޭނުންކުރުމުގެ މުހިންމުކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގެނުމާއި އުނގަންނައި ދިނުން ހަރުދަނާ ކުރުމާއި މުދައްރިސުން އަހުލުވެރިކުރުވުމާއި ޝާމިލުކޮށްގެން އުނގަންނައި ދިނުމުގައި އެސިސްޓިވް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގަންނައި ދިނުމަށް މުދައްރިސުން އަހުލުވެރި ކުރުވުމަށް ހާއްސަ އިސްކަމެއް މި ދިރާސީ އަހުރުގެ ތެރޭގައި ދެވިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ މުދައްރިސުންނަކީ ދިވެހީންނަށް ހެދުމަށް ގައުމީ ފެންވަރުގައި ޓީޗަރުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް މި އަހަރު ފައްޓަވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން