އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އިންޑިޔާގެ ބޮޑުވަޒީރުގެ އިސްތިއުފާ ދެއްވީ އިންޑިއާގެ ރައީސް ދުރުޕާދީ މުރުމޫގެ ރަސްމީ ގެކޮޅު، ރާސްތްރަޕަތީ ބަވަންގައި ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.

މޯދީ އިސްތިއުފާ ދެއްވީ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ - ލޮކްސަބާ އުވާލުމަށް މޯދީގެ ކެބިނެޓުން އެމަނިކުފާނަށް ލަފާ އެރުވުމާއި ގުޅިގެންނެވެެ. ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އިންޑިއާގެ އާއްމު އިންތިޚާބުގެ ނަތީޖާ އަންގާރަ ދުވަހު އިއުލާން ކުރުމާ އެކު ބޮޑުވަޒީރު ކަމުގެ 3 ވަނަ ދައުރެއް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަން ކަށަވަރުވެފައިވަނިކޮށެވެ.

މޯދީ ނިސްބަތްވެ ވަޑައިގަންނަވާ ބީޖޭޕީއަށް މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު އިންތިޚާބުގައި ނުލިބުނު ނަމަވެސް ބީޖޭޕީ ހިމެނޭ އިއްތިހާދުގައި ހިމެނޭ ޕާޓީތަކުން ވަނީ މޯދީގެ އިތުރު ދައުރަކަށް ތާއީދު ކުރާކަން އިއުލާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން