އއ. ތޮއްޑޫގެ ދަނޑުބިންތައް ދިނުމާ ގުޅޭ އުސޫލުތަކަށް ގެނައި ބަދަލާ ގުޅިގެން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކޮށްފި އެވެ.

ތޮއްޑޫގެ ދަނޑުބިންތައް ދަނޑުވެރިން އަތުން އަތުލަން ކައުންސިލުން ނިންމާފައިިވާ ކަމަށް ބުނެ އަދި ކުރީގެ އުސޫލާ ހިފާލަށް ކުރިއަށް ވުރެ ދިގު މުއްދަތަކަށް ދަނޑުބިންތައް ދޭން އުޅޭތީ މިދިޔަ ބުދަ ދުވަހު އެ ރަށުގެ ބަޔަކު ކައުންސިލް އިދާރާ ދޮށަށް އެއްވެ ވަރުގަދަ އިހުތިޖާޖެއް ވަނީ ކޮށްފަ އެވެ.

އެ ސަރަހައްދުގައި އިޙްތިޖާޖު ކުރަމުންދާ މީހުންގެ ތެރެއިން ބަޔަކު ކައުންސިލް އޮފީހުގެ ފުރާޅު މައްޗަށް ގާ އުކައި، މަސްލަހަތު ގެއްލުވާލުމަށް މަސައްކަތް ކުރުމުން ފުލުހުން ވެސް އެތަނަށް ދިޔަ އެވެ. އަދި އެ ހަމަނުޖެހުން ކޮންޓްރޯލްކުރަން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކަށް އަނިޔާވެ ފަރުވާވެސް ދިނެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން