އެޕަލްގެ އުފެއްދުންތައް މަނާކުރާނެ ކަމުގެ އިންޒާރު ދުނިޔޭގެ މަހުޖަން އެލަން މާސްކް ދީފިއެވެ.
މަސްކް ބުނީ އެޕަލްގެ އުފެއްދުންތައް އޭނާގެ ކުންފުނިތަކުގައި ބޭނުން ނުކުރެވޭނެ ގޮތަށް ހަދާނެ ކަމަށެވެ.
އެޕަލް އިން ހޯމަ ދުވަހު ވަނީ އޯޕަން އޭ އައިގެ ޓެކްނޮލޮޖީ އައިފޯންތަކަށް އިންޓަގްރޭޓް ކުރާނެކަން އިއުލާންކޮށްފަ އެވެ. އެޕަލްގެ އުފެއްދުންތައް ބޭނުންކުރާ ފަރާތްތައް ސިރީއާ ވާހަކަ ދައްކާއިރު، އޯޕަންއޭއައިގެ ބަހުގެ މޮޑެލް ޗެޓްޖީޕީޓީއާ ބައެއް ސުވާލުތައް ހަވާލުކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ.
މާސްކް ވިދާޅުވީ މިފަދަ އަޕްޑޭޓަކީ "ގަބޫލު ނުކުރެވޭ ސެކިއުރިޓީ ވައިލޭޝަން" އަކަށް ވާނެ ކަމަށެވެ.
“އެޕަލް އިން އޯޕަންއޭއައި އޯ އެސް ލެވެލްގައި އިންޓަގްރޭޓް ކޮށްފިނަމަ ދެން އެޕަލްގެ ޑިވައިސްތައް އަހަރެންގެ ކުންފުނިތަކުގައި މަނާކުރާނެ. އެއީ ބަލައިގަނެވޭނެ ސަލާމަތީ ގަވާއިދާ ހިލާފު ކަމެއް.” އެކްސްގައި އޭނާ ލިޔެފައިވެ އެވެ.
އެޕަލް އިން ކުރިން ބުނެފައި ވަނީ މި ފީޗާ މި އަހަރުގެ ފަހުކޮޅު ނެރޭނެ ކަމަށެވެ. އޯޕަންއޭއައި އިން ވަނީ އެ ކުންފުނީގެ ޓެކްނޮލޮޖީ ފުޅާދާއިރާއެއްގައި އޮޕަރޭޓިން ސިސްޓަމަށް އިންޓަގްރޭޓް ކުރާނެކަން ކަށަވަރުކޮށްދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު