ހުޅުމާލެ ޖަލުގައި މަސައްކަތް ކުރަމުންދާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކަށް މަގުމަތިން ހަމަލާ ދޭން އުޅެފި އެވެ.

ހަމަލާދޭން އުޅެފައިވަނީ ހުޅުމާލެ ފޭސް ދޭއްގަ އެވެ.

އެގޮތުން ސައިކަލުގައި ދިޔަ ދެ މީހަކު މަރުތޭލަކުން ޖަލު އޮފިސަރަށް ހަމާލާ ދޭން މަސައްކަތް ކުރި އެވެ.

ނަމަވެސް އެ ހަމަލާ އޭނާއަށް އަމާޒު ނުވީ އެވެ. އަދި މި ހަމަލާގަެި އޮފިސަރަށް މާބޮޑު ގެއްލުމެއް ނުލިބެ އެވެ.

އެ މައްސަލަ ކަރެކްޝަންސްއިން މިހާރު ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

ނަމަވެސް އެ މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއް ސާފެއް ނުވެއެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

މީގެ ކުރިން 2019 ވަނަ އަހަރު މާފުށީ ޖަލު ބަލަހައްޓާ އޮފިސަރަކަށް ފަސް މީހުންގެ ގްރޫޕަކުން މަގުމަތިން ދިމާކޮށް އެ އޮފިސަރު ޒަހަމްކޮށްލާފައި ވެސް ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން