މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ ހިއްސާގެ ފައިދާ ދޫކުރަން ފަށައިފިއެވެ.

އެމްޓީސީސީން ވަނީ މި މަހުގެ 11 ވަނަ ދުވަހު ކުންފުނީގެ ހާއްސަ އާންމު ޖަލްސާއެއް ބާއްވައި ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގުގެ 5 ރުފިޔާގެ ހިއްސާއަކަށް 4 ރުފިޔާ ބަހަން ނިންމާފައެވެ.

އެއާއި ގުޅިގެން މިއަދު އެ ކުންފުނިން ބުނީ، އެ ޖަލްސާގައި ނިންމިގޮތަށް މޫނުމަތީ އަގުގެ ކޮންމެ 5 ރުފިޔާގެ ހިއްސާއަކަށް 4 ރުފިޔާގެ މަގުން، ޖުމުލަ -/32،150،996 ރުފިޔާ ބަހަން ނިންމާފައިވާކަމަށާއި ހިއްސާގެ ފައިދާގެ ފައިސާއަށް އެދުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.

އެހެންކަމުން ހިއްސާގެ ފައިދާ ނެގުމަށް އެ ކުންފުނީގައި ބެންކް އެކައުންޓް ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކުން އަދި އެކައުންޓަށް ބަދަލު އައިސްފައިވާ ހިއްސާދާރުން ކުންފުނީގެ ވެބްސައިޓުގައިވާ ހިއްސާގެ ފައިދާއަށް އެދޭ ފޯމް މެދުވެރިކޮށް ހުށަހެޅުމަށް އެދޭކަމަށާއި އެގޮތަށް އެދުމުން ހިއްސާގެ ފައިދާގެ ފައިސާ ދޫކުރެވޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން