މަތީ ސާނަވީއަށް ނުވަތަ ގްރޭޑް 11 އަދި 12އަށް ކިޔަވާ ދަރިވަރުން ހަދާ އިމްތިހާން ތަކަށް ސަރުކާރުން ފީ ދައްކައިދޭ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ބަދަލުތަކުގެ ތަފްސީލު ހިމަނައި ސްކޫލުތަކަށް ސާކިއުލާއެއް ފޮނުވައިފަ އެވެ.

އެ ސާކިއުލާގައި ބުނެފައިވާ ގޮތުގައި ދެން މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންގެ އިމްތިހާނަށް ފީ ދައްކައިދޭނީ އެކަމަށް ދަރިވަރުން އެދުމުން ކަމަށެވެ. ނަމަވެސް މަތީ ސާނަވީގެ މަޖުބޫރު ދެ މާއްދާ ކަމަށްވާ ދިވެހި އަދި އިސްލާމްގެ އިމްތިހާނަށް މިހާރު ވެސް ފީ ދައްކާ ސުސޫލުން ސަރުކާރުން ފީ ދައްކައިދޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އަދި ގްރޭޑް 11 ނިންމުމަށް ފަހު ހަދާ އޭއެސް އިމްތިހާންގެ މާއްދާތަަކަށް ސަރުކާރުން ފީ ދައްކައިދޭނީ ފުރަތަމަ ސެމިސްޓާގައި އެ މާއްދާއިން 50 ޕަސެންޓް ލިބިފައިވާނަމަ އެވެ.

އަދި ގްރޭޑް 12 ނިންމުމަށް ފަހު ހަދާ އޭޓޫގެ އިމްތިހާންތަކަށް ފައިސާ ދައްކައިދޭނީ ގުރޭޑް 11ގެ ސެމިސްޓަރ އިމްތިޙާނުގެ ފައިނަލް ނަތިޖާ ނުވަތަ ގުރޭޑް 12 ގެ ފުރަތަމަ ސެމިސްޓަރގެ އިމްތިޙާނުން ދަށްވެގެން 40 މާކްސް ހާޞިލް ކޮށްފައިވާ ގުރޭޑް 12ގެ ދަރިވަރުންނަށް ކަމަށް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން