ވެރިރަށް މާލޭގައި މިއަދު މާރާމާރީއެއް ހިންގައި ދެމީހެއްގެ ގަޔަށް ވަޅި ޖަހާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިއަދު 12:45 އެހާކަންހާއިރު ޝަހީދް އަލީ މިސްކިތު ސަރަހައްދުގައި މާރާމާރީއެއް ހިނގި ކަމުގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހިނގި މި މާރާމާރީ ހިނގާފައި ވަނީ ހެންވޭރުގައި ހުންނަ ގޯޅިއެއްގެ ތެރޭގައެވެ. މި މާރާމާރީގައި ދެ މީހަކަށް އަނިޔާވެފައިވެއެވެ.

ފުލުހުން ބުނީ މި މާރާމާރީގައި ދެމީހަކު ޒަހަމްވެގެން އައިޖީއެމް ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދެވިފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރޭ 10:30 ހާއިރުވެސް މާލޭގައި ވަނީ މާރާމާރީއެއް ހިންގާފައެވެ. ރޭ ހިންގި މާރާމާރީގައި އެކަކަށް ވަނީ އަނިޔާވެފައެވެ. އެ މައްސަލައިގައި ރޭ ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، އިތުރު ދެ މީހުންނާއެކު މިހާރު ހަތަރު މީހަކު ވަނީ އެ މައްސަލައިގައި ހައްޔަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ތިމަންނަ

22-Jun-2024

ތިޔަ އޮތީ ގައުމިއްޔަތާ އެއްގޮތަށް އީދު ފާހަގަ ކޮށްފައި



ޓްރެންޑިން