ބޮލީވުޑްގެ ކުޅަދާދަ ފިލްމީތަރި ރަންވީރު ސިންގް އޭނާގެ ތުނބުޅި ދިގުކޮށް ފޭނުންނަށް ދައްކާލައިފިއެވެ. އެއާއެކު ފޭނުން ދަނީ ރަންވީރުގެ މިހާރުގެ ފެނިލުމަކީ 'ބްރަޙްމާސްޓްރާ 2' ކަށް ތައްޔާރުވުމަށް އޭނާ ކުރި ކަމެއް ކަމަށް ބުނަމުންނެވެ. އަދި މިހާރު އޭނާ ވައްތަރީ ސަންޖޭ ލީލާ ބަންސާލީގެ 'ޕަދްމާވަތު' ގައި އޭނާ ކުޅުނު އަލައުއްދީން ޚިލްޖީގެ ރޯލުގައި ފެނިގެން ދިޔަ ގޮތާކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ.

ފާއިތުވި މަހުން ފެށިގެން އެކްޓަރު ރިތިކް ރޯޝަންއާ އެކު 'ބްރަހްމާސްޓްރާ 2' ގައި ރަންވީރު ފެނިގެންދާނެ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. އަދި މިފަހުގެ ރިޕޯޓްތައް ބުނާ ގޮތުން، ރަންވީރު ސިންގް ވަނީ ރަންބީރު ކަޕޫރު އިސްކޮށް ހުރެ އުފައްދާފައިވާ ބްރަޙްމާސްޓްރާ ފްރެންޗައިޒްގެ ދޭވްގެ ރޯލަށް ފައިނަލްކޮށްފައެވެ.

މިދިޔަ އަހަރު ބްރަހްމާސްޓްރާގެ ދެވަނަ ބައި ނެރެން އުޅޭކަން އިއުލާން ކުރި ފަހުން ފޭނުން ދަނީ ރަންވީރު ލީޑިން ރޯލް އަދާކުރާތަން ފެނުމަށް އެދޭކަމަށް ބުނަމުންނެވެ.

ރިޕޯޓުތައް ބުނާގޮތުން 'ބްރަޙްމާސްޓްރާ ޕާޓް 2' ގެ ސްކްރިޕްޓިން ގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އަދި ފިލްމުގެ ޕްރޮޑަކްޝަން ފެށުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގައި ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން